އަދީބު ވަނީ އެއްބަސްވުމާ ހިލާފުވެފައި- ދައުލަތް

05 Aug 2019 | 11:37

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އއަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމާ އެމަނިކުފާނު ހިލާފުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވި ކަަމަށް ތުހުމަތުކުރެވޭ އަދީބާ އެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް އެކުލަވާލިކަން ރޭ ފުލުހުން ކްރިމިނަލް ކޯޓުގައި ވަނީ ހާމަކޮށްފައެވެ. އެ އެއްބަސްވުމުގައި އަދީބު އެއްބަސްވެވަޑައިގަންނަވާފައި ވަނީ ކކުށްތަކަށް އިއުތިރާފްވެވަޑައިގަތުމަށެވެ.

އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދިފައިވަނީ އެމަނިކުފާނު އެ އެެއްބަސްވވުމާ ހިލާފުވެ، އަނެއްކާވެސް ފިއްލަވާފާނެ ކަމުގެ ބިރު އޮތުމުންނެވެ.

އަދީބުގެ ވަކީލް، މަހްފޫޒް ސައީދު މިއަދު ވިދާޅުވީ އެއްބަސްވުން ކުރިއަށް ގެންދަން އަދީބު ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ހުންނެވީ ތަހުގީގުގައި އަދިވެސް ފުލުހުންނަށް އެއްބާރުލުންދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބުގެ ބަންދުގެ މުއްދަތު ކޯޓުން ފުރަތަމަ އިތުރުކޮށެއް ނުދިނެވެ. އެއީ ފުލުހުންގެ ގާނޫނާ ޚިލާފަށް އަދީބު ހައްޔަރުކޮށްފައި ވުމުންނެވެ.

އަދީބު، ރޭ 10:30 ހާއިރު ރާއްޖެ ގެނެސް އެމަނިކުފާނު ބަންދު ކުރުން ލަސްވީ، އެމަނިކުފާނު ހައްޔަރުކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި އެއީ ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް ވުމުންނެވެ. އަދި ފުލުހުން ވަނީ ކޯޓުގައި ވެސް އެކަމަށް އިއުތިރާފް ވެފައެވެ. 

Advertisement

ކޮމެންޓް

Advertisement