ސެއްޅި ރޯގާ ގިނަ ވެދާނެ ކަމުގެ އިންޒާރު ޑރ.ފައިސަލް ދީފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ސްކްރަބް ޓައިފަސް ނުވަތަ 'ސެއްޅި ރޯގާ’، ޗުއްޓީ ތެރޭގައި ގިނަ ވެދާނެ ކަމުގެ އިންޒާރު އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ދެއްވައިފިއެވެ.

މި ރޯގާ ޖެހެނީ، މީދާ ފަދަ ތަކެތީގައި އުޅޭ ސެއްޅިއެއްގެ ޒަރީއާއިންނެވެ. އެ ސެއްޅި އުޅެނީ ހަށިގަނޑުގެ ފޮރުވިފައި ހުންނަ ތަންތަނުގައި ކަމަށް ޑޮކްޓަރު ފައިސަލް ވިދާޅުވިއެވެ.

ޑރ،ފައިސަލް ވިދާޅުވާ ގޮތުގައި މި ރޯގާއިން ރައްކާތެރިވުމަށް ބޭރުތެރޭގައި އުޅޭއިރު ނޫނީ ގަސްތަކުގެ ތެރެއިން ދާއިރު ރަނގަޅަށް ހަށިގަނޑު ފޮރުވޭނެ ކަހަލަ ހެދުމެއްލުމަށާއި، ގެއަށް އައިސް ފެންވަރާ ސާފުތާހިރުވާން ވާނެ ކަމަށެވެ.

މިވެސް ކިޔާލާ:

މި ރޯގާ ޖެހިގެން ފަރުވާނުދެވޭނެ ނަމަ ދިގުލައިގެންދާ އަދި ފުރާނައަށް ވެސް ނުރައްކާ ފަދަ ހުމެއް އަންނާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ހަމައެހެންމެ މި ރޯގާ ޖެހިގެން މިއަދުވެސް ރަށަކުން ކުއްޖަކު މާލެ ގެނައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމުން، ގިނަ މީހުން ރަށްރަށަށް ދަތުރުކުރާނެތ،ީ މި ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

70%30%0%

ހިޔާލު ދެއްވާ!

Your email address will not be published.