އެފް.އޭ.އެމްގެ ވެރިން އިސްތިއުފާ ދެއްވާކަށް ނުވޭތޯ

Share on facebook
Share on twitter
Share on telegram
Share on whatsapp

"ދިވެހި ފުޓްބޯޅަ ހަލާކުވެ، ފުޓުބޯޅަ އެސޯސިއޭޝަން ބަނގުރޫޓުވެ، އެތަނުގެ އެތަކެއް މުވައްޒަފުންނަށް މުސާރަ ނުދީ ނޯޓިސް ދޭން ފަށައިފި. ކުޅިވަރުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ދިމާ އިދިކޮޅަށް އެސޯސިއޭޝަން ހިންގަމުންދާއިރު އެކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟" މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން، އެފްއޭމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ޓްވީޓްގައިވެ އެވެ.

ހަތްދިހަ އަށަކަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެފްއޭއެމްގެ ހަ މުވައްޒަފަކު ދާދި ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެފް.އޭ.އެމުން ބުނެފައި ވަނީ އެއީ އޮނިގަނޑަށް ގެނައި ބަދަލަކާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ މަގާމުތަކަށް ގާބިލު މުވައްޒަފުން ހޯދަން ކުރިއަށް އޮތްތާގައި އިއުލާން ކުރާނެ ކަމަށް ވެސް އެފް.އޭއެ.މުން ކުރިން ބުނެފައިވެއެވެ.

ރާއްޖޭގައި ސްޕޯޓްސް މިނިސްޓަރެއްގެ އިތުރުން ސްޕޯޓްސް ކަމިޝަނަރެއްވެސް ހުރެއެވެ. ނަމަވެސް ހިތާމަޔަކީ ފުޓްބޯޅަ އެސޯސިއޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ވެސް ނުދީ ދެ މަސް ފާއިތުވެގެންދިޔައިރު މިއިން މުއައްސަސާއެއްގެ ވެރިޔަކަށް އެކަން އެގޭކަމަކަށް ނުހެދުމުންނެވެ.

"ނޮވެމްބަރުގެ މުސާރަ ލަސްވެފައި ވަނީ ޕޭމަންޓް ޓްރާންސްފާވުން ލަސްވުމުން. އަދި އެކަން ދިމާވެގެން އުޅޭކަން ވަނީ މުވައްޒަފުންނާ ވެސް ހިއްސާކޮށްފައި،" "ނޮވެމްބަރު އަދި ޑިސެމްބަރުގެ މުސާރަ ވާނީ ޖަމާކޮށްފައި. ހަގީގަތް އޮޅުވާލައިގެން ވާހަކަ ދައްކަނީ ނަފުރަތު އުފެއްދުމުގެ ގޮތުން." އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

މިވެސް ކިޔާލާ:

ނަމަވެސް ބުދަ ދުވަހު "މިހާރު" ނޫހުން މި ޚަބަރު ރިޕޯޓު ކުރުމާއެކު ދެ މަސް ވީއިރު ފްރީޒްވެފައި ހުރި އެފް.އޭ.އެމް މުވައްޒަފުންގެ މުސާރަ ޕޭމަންޓް, އެދުވަހުން އެދުވަހަށް ޖަމާވެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އެފް.އޭ.އެމް ވަނީ ދެ މަހުގެ މުސާރަ އެއްފަހަރާ އެފަރާތްތަކަށް ޖަމާކޮއްދީފަ އެވެ.

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް އަދި ވިކްޓަރީ, ނިޒާމުން ގެއްލުވާލީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެވެ. ވީއިރު އެފް.އޭ.އެމްގެ ހިންގުން ދޯދިޔާވެ ކުލަބުތަކައް ދޭންޖެހޭ ފައިސާ ނުދީ, އެ އިދާރާގެ މުވައްޒަފުންނަށް ދެ މަސް ވީއިރު މުސާރަ ނުދެވުމުން އެފް.އޭ.އެމްގެ ވެރިން އިސްތިއުފާ ދޭކަށް ނުޖެހޭތޯއެ؟

 

0%100%0%

ހިޔާލު ދެއްވާ!

Your email address will not be published.