Advertisement

ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ކުރާ ހުރިހާ ހަރަދެއް ދައުލަތުން ހަމަޖައްސަނީ

07 Aug 2019 | 14:40

ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ މީހުންގެ ހުރިހާ ހަރަދެއް ދައުލަތުން ހަމަޖައްސައިދެވޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމްކުރާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވިދާޅުވީ، އެނިޒާމު ގާއިމްކުރަނީ އެހީ ހޯދަން ސަލާން ޖެހުމުގެ އާދަ ހުއްޓުވަން ކަމަށެވެ.

އެގޮތުން ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާއިރު ހަރަދުތައް ބޮޑުވެގެން ހަރަދުތައް ކުރަން ދަތިވާ ފަރާތްތަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން އެހީ ލިބޭނެ ގޮތް ހަމަޖައްސައި ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ގޮތަކަށް އެ ނިޒާމުގެ ދަށުން ހަރަދު ކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް އައްޒާމް ވިދާޅުވިއެވެ.

އޭގެތެރޭގައި ހުރުމާއި ކެއުންބުއިމުގެ ހަރަދުތައް ހިމެނެއެވެ. އައްޒާމް ވިދާޅުވީ އެހަރަދުތަކަކީ އާސަންދައިގެ ދަށުން ކުރެވޭނެ ހަރަދުތަކަކަށް ނުވާތީ އިތުރު ޕެކޭޖެއްގެ ތެރެއިން ހަރަދުތައް ކުރެވޭނެ ނިޒާމެއް ހޯދާނެ ކަމަށެވެ.

Advertisement

ކޮމެންޓް