މަލާއިކަތަކު އިމްތިޙާނުކުރެއްވި 3 މީހެއްގެ ވާހަކަ

Share on facebook
Share on twitter
Share on telegram
Share on whatsapp

ދުވަސްކޮޅެއް ފަހެވެ. މި ތިން މީހުންގެ ޖަނަވާރުތައް ވިހައި، ޢަދަދު ގިނަވެގެން ދިޔައެވެ. އެކަކަށް ވާދީއެއް ފުރާ ޖަމަލެވެ. އަނެކަކަށް ވާދީއެއް ފުރާ ގެރިއެވެ. އަނެކަކަށް ވާދީއެއް ފުރާ ބަކަރިއެވެ.

މި ޙާލަތުގައި މިބައިމީހުން ވަނިކޮށް، ކުރިން ބަރަސްބަލިޖެހިފައިވާމީހާގެ ގާތަށް އޭނާއަށް ބަރަސްބަލިޖެހުނު އިރު ހުރި ސޫރާގައި، ހަމައެގޮތަށް އެ މަލާއިކަތަކު ވަޑައިގެން ވިދާޅުވިއެވެ. "އަހަރެންނަކީ މިސްކީނަކީމެވެ. އަހަރެން މި ވަނީ ދަތުރުކުރެވޭނެ ގޮތެއް ނެތި، ޙާލުގައި ޖެހިފައެވެ. މިއަދު، މާތް ﷲއަށްފަހު ތިބާގެ އެހީތެރިކަމެއް ވެދިނިއްޔާނޫނީ އަހަރެން ބޭނުންވާ ހިސާބަކަށް ނުދެވޭނެއެވެ. ތިބާއަށް ކުލަރީތި، ރަނގަޅު ހަންގަނޑަކާއި މުދާ ދެއްވި ކަލާނގެއަށްޓަކައި ބުނަމެވެ. ދަތުރުކުރާނެ ޖަމަލެއް ތިމަންނައަށް ދެއްވާށެވެ!" އެމީހަކު ބުންޏެވެ. "ދެވޭކަށް ނެތެވެ. ޙައްޤުތައް ވަރަށް ގިނައެވެ." އެހިނދު އެ ބޭކަލަކު އެމީހަކަށް ދެންނެވިއެވެ. "އަހަރެންނަށް ތިބާ އެނގޭހެން ހީވެއެވެ. ތިޔައީ މީސްތަކުން އެމީހަކާ ނުރުހުންތެރިވި ބަރަސްބަލިޖެހުނު މީހާ ނޫން ހެއްޔެވެ؟ އަދި ފަޤީރަކު ކަމުގައި ވަނިކޮށް މާތް ﷲ ތިބާއަށް މުދާ ދެއްވި ނޫން ހެއްޔެވެ؟" އެހިނދު އެމީހަކު ބުންޏެވެ. "މިއީ އަހަރެންނަށް ކާބަފައިންގެ ފުށުން ވާރުތަވި މުދަލެވެ." އެބޭކަލަކު ވިދާޅުވިއެވެ. "ތިބާ ތިޔަ ހަދަނީ ދޮގުކަމުގައިވާނަމަ، މާތް ﷲ، ތިބާ އިހު ހުރިގޮތަށް ރައްދުކުރައްވާށިއެވެ!" އެހިނދު ކުރިން ހުރި ޙާލަތަށް އޭނާގެ ޙާލަތު ބަދަލުވެގެން ދިޔައެވެ.

މިވެސް ކިޔާލާ:

ދެން ކުރިން ބޯ ތަލަކޮށް ހުރި މީހާގެ ގާތަށް، އޭނާ ކުރިން ހުރި ސޫރާގައި، ހަމައެގޮތަށް އެ މަލާއިކަތަކު ވަޑައިގެން ވިދާޅުވިއެވެ. "އަހަރެންނަކީ މިސްކީނަކީމެވެ. އަހަރެން މި ވަނީ ދަތުރުކުރެވޭނެ ގޮތެއް ނެތި، ޙާލުގައި ޖެހިފައެވެ. މިއަދު، މާތް ﷲއަށްފަހު ތިބާގެ އެހީތެރިކަމެއް ވެދިނިއްޔާނޫނީ އަހަރެން ބޭނުންވާ ހިސާބަކަށް ނުދެވޭނެއެވެ. ތިބާއަށް ރީތި އިސްތަށިގަނޑަކާއި މުދާ ދެއްވި ކަލާނގެއަށްޓަކައި ބުނަމެވެ. ދަތުރުކުރަން ބޭނުންވާނެ ގެރިއެއް ތިމަންނައަށް ދެއްވާށެވެ!" އެމީހަކު ބުންޏެވެ. "ދެވޭކަށް ނެތެވެ. ޙައްޤުތައް ވަރަށް ގިނައެވެ." އެހިނދު އެ ބޭކަލަކު އެމީހަކަށް ދެންނެވިއެވެ. "އަހަރެންނަށް ތިބާ އެނގޭހެން ހީވެއެވެ. ތިޔައީ މީސްތަކުން އެމީހަކާ ނުރުހުންތެރިވި ބޯ ތަލަކޮށް ހުރި މީހާ ނޫން ހެއްޔެވެ؟ އަދި ފަޤީރަކު ކަމުގައި ވަނިކޮށް މާތް ﷲ ތިބާއަށް މުދާ ދެއްވި ނޫން ހެއްޔެވެ؟" އެހިނދު އެމީހަކު ބުންޏެވެ. "މިއީ އަހަރެންނަށް ކާބަފައިންގެ ފުށުން ވާރުތަވި މުދަލެވެ." އެބޭކަލަކު ވިދާޅުވިއެވެ. "ތިބާ ތިޔަ ހަދަނީ ދޮގުކަމުގައިވާނަމަ، މާތް ﷲ، ތިބާ އިހު ހުރިގޮތަށް ރައްދުކުރައްވާށިއެވެ!" އެހިނދު ކުރިން ހުރި ޙާލަތަށް އޭނާގެ ޙާލަތު ބަދަލުވެގެން ދިޔައެވެ.

ދެން ކުރިން ލޯފަންކޮށް ހުރި މީހާގެ ގާތަށް، އޭނާ ކުރިން ހުރި ސޫރާގައި، ހަމައެގޮތަށް އެ މަލާއިކަތަކު ވަޑައިގެން ވިދާޅުވިއެވެ. "އަހަރެންނަކީ މިސްކީނަކީމެވެ. ޙާލުގައި ޖެހިފައިވާ ދަތުރުވެރިޔަކީމެވެ. އަހަރެން މި ވަނީ ދަތުރުކުރެވޭނެ ގޮތެއް ނެތި، ޙާލުގައި ޖެހިފައެވެ. މިއަދު، މާތް ﷲއަށްފަހު ތިބާގެ އެހީތެރިކަމެއް ވެދިނިއްޔާނޫނީ އަހަރެން ބޭނުންވާ ހިސާބަކަށް ނުދެވޭނެއެވެ. ތިބާއަށް ފެނުން ދެއްވައި، މުދާ ދެއްވި ކަލާނގެއަށްޓަކައި ބުނަމެވެ. ދަތުރުކުރަން ބޭނުންވާނެ ބަކަރިއެއް ތިމަންނައަށް ދެއްވާށެވެ!" އެމީހަކު ބުންޏެވެ. "ލޯ ފަންމީހެއްގެ ގޮތުގައި އަހަރެންވީމެވެ. މާތް ﷲ އަހަރެންނަށް ފެނުން ދެއްވިއެވެ. ތިބާ ބޭނުން ވަރަކަށް އެތަނުން ބަކަރި ނަގާށެވެ! އަދި ބޭނުންވާ ވަރެއް ބަހައްޓާށެވެ! ފަހެ، ﷲ ގަންދީފައި ބުނަމެވެ. ﷲ އަށްޓަކައި މިއަދު ތިބާ ނަގާ އެއްޗަކާމެދު އަހަރެން ދެކޮޅު ނުހަދާހުށީމެވެ!" އެހިނދު އެބޭކަލަކު ވިދާޅުވިއެވެ. "މި ބަކަރިތައް ތިބާ ބަހައްޓާށެވެ! މިއީ ތިޔަބައިމީހުންނަށް ކުރެވުނު އިމްތިޙާނެކެވެ. ފަހެ، މާތް ﷲ ތިބާއަށް ރުއްސަވާވޮޑިގެންފިއެވެ. އަދި ތިބާގެ ދެ އެކުވެރިންނާމެދު އެކަލާނގެ ނުރުއްސެވިއެވެ."

މުދަލާއި އެނޫންވެސް ނިޢުމަތްތައް ލިބިފައިވާ އަހުލުންނޭވެ! މި ދުނިޔެމަތީގައި ލިބިފައިވާ މުދަލާއި ތަފާތު އެކި ނިޢުމަތްތަކަކީ އިސާހިތަކު ފިލައިދަނިވި ނިޢުމަތްތަކެކެވެ. އެ ނިޢުމަތްތައް ދެއްވާފައިވަނީ އިމްތިޙާނަކަށްޓަކައެވެ. ހެޔޮމީހަކީ ތިމާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާމީހާއެވެ. ލިބިފައިވާ މުދަލުގެ ނިޢުމަތުން އެހެންމީހުންނަށް ﷲއަށް ޓަކައި ހެޔޮފޯރުކޮށްދީފި މީހެކެވެ. އެ މުދާތަކާ ވަކިވެ ދާންޖެހޭނެކަން ދަންނާށެވެ! އެކަލާނގެއަށްޓަކައި އަމިއްލަ ނަފްސަށާއި، އަހުލުންނަށާއި، ބޭނުންޖެހިފައިވާ މީހަކަށް ކޮށްފައިވާ ޞަދަޤާތަކުންނާއި، މީސްތަކުންނަށް ހެވަށް އެދި ހޭދަކޮށްފައިވާ ހޭދަކުރުމަކުން މެނުވީ ތިބާގެ މުދަލަކުން ތިބާއަށް މަންފާއެއް ނުކުރާނެއެވެ. ޝުކުރުވެރިވެއްޖެ އަޅަކަށް މާތް ﷲ އިތުރުކޮށް ދެއްވާނެއެވެ. ޝުކުރުވެރި ނުވެއްޖެ އަޅަކަށް އެކަލާނގެ ޢުޤޫބާތް ގަދަފަދަވެގެންވެއެވެ.

66%0%33%

ހިޔާލު ދެއްވާ!

Your email address will not be published.