Advertisement

އީދު ދުވަހު ހަވީރު މާލެ،ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ!

07 Aug 2019 | 23:46

މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ހަވީރު މާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތަކެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އެގޮތުން މިފަހަރުގެ އީދު ދުވަހުގެ ހަވީރު 4:30އިން 6:30 އަށް މާލެ އަދި ވިލި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތަށް ނިންމީ މާލެ އަކީ ކާރުބާރު ބޮޑު ތޮއްޖެހިފައިވާ ސިޓީއަކަށް ވުމުން އަލްހާ އީދުގެ އުފާ ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި އެ ގޮތަށް ނިންމުމުން މީގެ ކުރިންވެސް އެކަަމަށް ތަރުހީބު ލިބުނުކަން ކައުންސިލުން ފާހަގަކުރެއެވެ.

އުޅަނދު ދުއްވުން މަނާކަމަށް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުތަކުގައި ހަމައެކަނި ދުއްވޭނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި، އެމްބިއުލަންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ އުޅަނދުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގައި ދެމުންދާ ބަހުގެ ހިދުމަތެވެ. 

Advertisement

ކޮމެންޓް