އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

މި ފެށުނު އައު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެކެވެ.

މި ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި, އެމްއެމްޕީއާރްސީއާއި, އެމްއޭސީއެލްއާއި, ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.

މިވެސް ކިޔާލާ:

މި އަހަރު ފުރަތަަމަ ފަތުރުވެރިޔާ ޖޯޖީނާ ރާއްޖެ އައީ ގަލްފް އެއަރލައިނުންނެވެ. އޭނާއާއެކު އޭނާގެ ފިރިމީހާ ސްޓީވް ވެސް ރާއްޖެ އައެވެ. މިއީ އެ ދެމަފިރިން ރާއްޖެއައި ދެވަނަ ފަހަރެވެ. އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށްވުމުން އުފާވާކަމަށް ޖޯޖީނާ ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ޖަނަވަރީ އެކަކުން ޑިސެމްބަރު 29 ގެ ނިޔަލަށް ރާއްޖެއަށް 1,312,706 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއަށްފަހު ރަޝިޔާއާއި ޖަރުމަނުންނެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.