Advertisement

ކަޝްމީރުގެ ހާލަތާ ގުޅިގެން އޯއައިސީން ކަންބޮޑުވެއްޖެ

08 Aug 2019 | 15:33

ކަޝްމީރުގެ ހާލަތާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަންގާރަ ދުވަހު އޯއައިސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ ކަޝްމީރުގައި ދިރިއުޅޭ ފަރާތްތަކަށް އިންޑިއާގެ ފަރާތުން ކުރިމަތިވަމުން އަންނަ މައްސަލަތަކާ ގުޅިގެން ކަންބޮޑުން ފާޅުކޮށް، އޯއައިސީގެ މެމްބަރުން ތިބީ ކަޝްމީރުގެ ރައްޔިތުންނާ އެކީގައިކަން ހާމަކޮށްފައެވެ.

ކަޝްމީރުގައި ހިންދޫ އާބާދު ކުރަން އިންޑިއާ ސަރުކާރުން ނިންމާ، މުސްލިމުންގެ އަޣުލަބިޔަތު ކަޝްމީރުން ނައްތާލުމަށް އިންޑިއާ ސަރުކާރުން މަސައްކަތް ފެށުމުގެ ސަބަބުން މުޅި ސަރަހައްދު ހުއްޓުމަކަށް އައިސް ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް މިހާރު ކަނޑައަޅާފައިވަނީ ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަަ އެވެ. މިހެން ހެދުމުން ކަޝްމީރުގެ ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ

ގާނޫނުއަސާސީގައި މީގެ 70 އަހަރު ކުރިން ފެށިގެން އޮންނަ ގޮތުން، ކަޝްމީރަށް ވަކި ގާނޫނުއަސާސީއަކާއި ދިދައެއް އަދި ވަކި ގާނޫނުތަކެއް ހެދުމުގެ އިހްތިޔާރު އޮވެއެވެ. ނަމަވެސް ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަމާއި މުއާސަލާތީ ހިދުމަތް ފަދަ ކަންކަން އޮންނަނީ މައި ސަރުކާރުގެ ކޮންޓްރޯލްގަ އެވެ.

ކަޝްމީރުގެ ސްރީނަގަރް އިން މައުލޫމާތުދޭ ގޮތުގައި އިންޑިއާ ސިފައިން މުޅި ކަޝްމީރު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، އެއްވެސް މުދަލެއް ކަޝްމީރަށް އެތެރެ ނުކުރެވޭ ގޮތް ހަދާފައި ވުމުން ފިހާރަތަކުން މިހާރު ދަނީ ކާބޯތަކެތި ހުސްވަމުންނެވެ.

މިއަދު ކަޝްމީރަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން އޯއައއިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޔޫސުފު ބިން އަހުމަދު ވިދާޅުވީ އެމީހުންގެ ހައްގުތައް ހޯދަން ޖައްމު-ކަޝްމީރުގެ ރައްޔިތުން ކުރާ މަސައްކަތުގައި އޯއައިސީން އެ ރައްޔިތުންނާ އެކީގައިވާ ކަމަށެވެ. އަދި އިންޑިއާގެ ކަޝްމީރަށް އަތްގަދަ ކުރަން ކުރާ މަސައްކަތް އޯއައިސީން ވަނީ ކުށްވެރި ކޮށްފައެވެ. 

Advertisement

ކޮމެންޓް