ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން އަމުރުކޮށްފި

08 Aug 2019 | 17:32

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޚިޔާނާތުގެ މައްސަލައެއް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިިވި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އެ މައްސަލައިގައި އޮތް މިއަދުގެ އަޑުއެހުމުގައެވެ.

ދައުލަތުން އެދުމުން އަދީބަށް މިގޮތަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ އޭނާ ފިލުމުގެ ފުރުސަތު އޮތްކަމަށް ބުނެއެވެ. 

އެހެންކަމުން، އިސްތިއުނާފު މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެދެން ރިމާންޑް ޖަލެއްގައި ބަހައްޓަން ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކުރާ ކަމަށް ކޯޓުގެ އަމުރުގައިވެއެވެ.

މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ، އެ މައްސަލަ ބަލާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ކުރި ހުކުމާއި ހަވާލާދީ ކްރިމިނަލް ކޯޓުން ބުނުމުންނެވެ.

Advertisement

ކޮމެންޓް