5 ލަނޑު ޖަހާއި ސިޓީއަށް ފަސޭހަ 3 ޕޮއިންޓު

20 Oct 2018 | 21:20

އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީ ކޮޅަށް 5 ލަނޑު ޖަހައި ސިޓީއިން ފަސޭހަކަމާއެކު 3 ޕޮއިންޓް ކަށަވަރު ކޮށްފިއެވެ.

ރީތި އަދި މޮޅު ކުޅުމެއް ސިޓީގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފަރަތަމަ އަދި ދެވަނަ ލަނޑު ޖަހާއިދީފައިވަނީ ޑާވިޑް ސިލްވާ ދިން ބޯޅަތަކުން ސާޖިއޯ އަގުއޭރޯ އަދި ބެނާޑޯ ސިލްވާއެވެ.

ފެނާންޑީނިއޯ ސިޓީގެ ތިންވަނަ ލަނޑު ޖަހައިދިން އިރު ހަތަރުވަނަ ލަނޑަކީ ފެނާންޑީނިއޯ ދިން ބޯޅައަކުން ވަރަށް ރީތިކޮށް ގޯލު ތެރެއަށް ވައްދާލައިގެން މަހްރޭޒް ޖަހައިދިން ލަނޑެކެވެ.

މުޅި މެޗުގައިވެސް ބާންލީއަށް ހަމަނޭވާ ލާނެ ފުރުސަތެއް ނުދީ ސިޓީއިން ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދުމުގެ ނަތީޖާއަކަށްވީ މެޗުގެ 90 ވަނަ މިނެޓުގައި މެންޑީ ނަގައިދިން ބާރުގަދަ ހުރަހަކުން ސާނޭ ނަތީޖާ 5-0 ކަށް ހެދުމެވެ.

ޕްރިމިއަރ ލީގުގައި ދެން ކުޅެވުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު ޓޮޓެންހަމްއަށް ވެސްޓް ހަމް އަތުން ކުރި ލިބިފައިވަނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. މިސީޒަނުގައި ޕްރިމިއަރ ލީގަށް އަލަށް ޕްރޮމޯޓުވި ކާޑިފް އަދި ފުލަމްގެ ކުރިމަތިން 4-2 ކުން ކާޑިފް ކާމިޔާބު ކުރިއިރު ބްރައިޓަން ވަނީ 1-0 ކުން ނިއުކާސަލް ބަލިކޮށް ނިއުކާސަލް ތާވަލުގެ ފުލަށް ވައްޓާލާފައެވެ.

ތާވަލުގެ އެއްވަނައިގަ އެއްމެޗު އިތުރަށް ކުޅެ 23 ޕޮއިންޓާއެކު އޮތީ ސިޓީއެވެ.   

Advertisement

ކޮމެންޓް