Advertisement

ޢީޔޫގެ ގައުމުތަކަށް ވިސާއާ ނުލާ ދެވޭނެ ގޮތް ހަދައިދޭން އެދިއްޖެ

08 Aug 2019 | 17:35

އީޔޫގެ މެމްބަރު ގައުމުތަކަށް ދިވެހިންނަށް ވިސާއާ ނުލާ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޔޫރަޕުގެ އިއްތިހާދުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ހާއްސަ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންނެވި އީޔޫގެ ހާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ މަތީ ވެރިޔާ، އަދި އެ އިއްތިހާދުގެ ކޮމިޝަންގެ ނައިބު ރައީސާ، ފެޑެރިކާ މޮގެރީނާ އާ ފޮރިން މިނިސްޓަރ ދެއްވި ގުޅިފައިވާ ބަޔާނުގައި މިނިސްޓަރ ޝާހިދު ވަނީ އީޔޫއާ ރާއްްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، އީޔޫގެ މެމްބަރު ގައުމުތަކަށް ވިސާއއާ ނުލާ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން އެދިވަޑައިގަންނަވާ ކަަމަށެވެ.

އަދި ރާއްޖޭގެ މަސްވެރިންނަށް އީޔޫއަށް މަހުގެ ބާވަތްތައް ވިއްކާއިރު ޑިއުޓީ ކަނޑާލުމަށްވެސް އެދިވަޑައިގެންފައިވެއެވެ. ރާއްޖެއާ އީޔޫގެ ގުޅިފައިވާ ބަޔާނުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި އީޔޫއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރރައްވާ، އީޔޫއަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އީޔޫގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެއާ އީޔޫގެ ގުޅިފައިވާ ބަޔާނުގައި އީޔޫގެ ހާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ މަތީ ވެރިޔާ، އަދި އެ އިއްތިހާދުގެ ކޮމިޝަންގެ ނައިބު ރައީސާ، ފެޑެރިކާ މޮގެރީނާ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެއާ އީޔޫގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް