ދެކުނު އެފްރިކާގެ ގާނޫނުހަދާ މަޖިލީހުގައި ރޯވެއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp

ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގައއި އަލިފާނުގެ ހާދިސާއެއް ހިނގާ، މަޖިލިސްް ހިންގާ އިމާރާތަށް ބޮޑެތި ގެއްލުންްތަކެއް ލިބިއްޖެެވެ.

"ސީއެންއެންް" ނޫހުންް ރިޕޯޓުކޮށްފައިވާ ގޮތުގާ، މި ހާދިސާ ހިނގާފައި ދެކުނު އެފްްރިކާގެ ގަޑިން މިއަދު ފަތިހު 5:20 ހާއިރު އެވެ.

ދެކުނު އެފްރިކާގެ ވެރިރަށް ކޭޕް ޓައުންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ތަރުޖަމާނު ޖެރަމީން ކާރލްސް އެސަރަހައްދުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާންގަނޑު ފެތުރެން ފަށާފައިވަނީ ތިންވަނަ ފަންގިފިލާގެ އޮފީސްތަކުގައި ކަމަށާއި، އަލިފާންގަނޑު ނޭޝަނަލް އެސެމްބްލީ ޗެމްބަރާ ހަމައަށްް ފެތުރިފައިވާ ކަމަށެވެ.

މިވެސް ކިޔާލާ:

ކާރލްސް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އެކަން ރިޕޯޓް ކުރީ ސެކިއުރިޓީ ގާޑުން ކަމަށެވެ.

ސައުތު އެފްރިކާގެ ސަންޑޭ ޓައިމްސް ނޫހުން ބުނީ އަލިފާންގަނޑު އަދި ހިފެހެއްޓިފައި ނުވާ ކަމަށާއި އިމާރާތުގެ ބައެއް ފާރުތައްް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓްތައް ވެސް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

 

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.