Advertisement

އައްޑޫ ފްލައިން ސްކޫލްގެ ބޯޓެއް ޝަންގްރިއްލާ ކައިރިއަށް ވެއްޓިއްޖެ

09 Aug 2019 | 17:32

އައްޑޫއަތޮޅު ގަމުގައި ހުންނަ ފްލައިން ސްކޫލްގެ މަތިންދާބޯޓެއް އެ އަތޮޅު ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ވެއްޓިއްޖެއެވެ.

މި ބޯޓު ވެއްޓުނީ އެ ރިސޯޓުގެ ވޯޓާ ސްޕޯޓްސް ސަރަހައްދަށެވެ. އެވަގުތު އެ ބޯޓުގައި ތިބީ ސ.މަރަދޫއަށް ނިސްބަތްވާ އަންހެން ދަރިވަރަކާއި އޭނާގެ އިންޑިޔާގެ އިންސްޓްރަކްޓަރެވެ.

މި ދެ ފަރާތަށް އަނިޔާއެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެ ދެ ފަރާތް ސަލާމަތްކޮށްފައިވަނީ އެ ރިސޯޓުގެ ޑައިވިންގ ދޯންޏަކުންނެވެ.

Advertisement

ކޮމެންޓް

Advertisement