ކޮލެޖް ކުދިންނާ ދިމާވީ މިހެންނެވެ!

25 Aug 2019 | 10:48

ތައުލީމް ހާސިލްކުރުން ނުވަތަ ކޮލެޖް ގުރެޖްއޭޓްއަކަށް ވުމަކީ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ ކަމެކެވެ. ނޫންނަމަ ޒަމާނަށް ބަލަންޏާ ވާޖިބެކޭ ވެސް ބުނެވިދާނެއެވެ. ހަމަ އެއާއެކު ކޮލެޖްގައި ކިޔަވަމުން އެދާ ދުވަސްތަކާއި އެދިމާވާ އެކުވެރިންނަކީ ވަރަށް މުހިންމު ބައެކެވެ. އަދި އެދުވަސްވަރުގެ ވާހަކަތަކަކީ ޒަމާންތަކަކަށް އަޅުގަނޑުމެން ދައްކާނެ ވާހަކަތަކެކެވެ. ނޫންނަމަ އަޅުގަނޑުމެންގެ ދަރިން ނުވަތަ ކާފާ މާމަ ދަރިންނަށް ކިޔައިދޭން ރައްކާކުރާ ވާހަކަތަކަށް ބައެއްފަހަރު މިވާހަކަތައް ވެފައިހުރެއެވެ.

މިހެންދެންނެވިޔަސް އަޅުގަނޑު މިދެންނެވި ގޮތަށް ކަންތައްކުރާ ހިތެއްނުވެއެވެ. ސަބަބަކީ އަޅުގަނޑު މުސްކުޅިވުމުން ދުވަސްތައް ހޭދަކުރާ ހިތްވަނީ ބަސްމަދުކޮށް އަދި އަމަލު ގިނަކޮށެވެ. އެއްވެސް ހާލެއްގައި ކާފަދަރިއަށް "އަނގަ ގަދަ ކާފަ ގަނޑެކޭ " ބުނުމުގެ ފުރުސަތު ދޭކަށް ގަސްތެއް ނުކުރަމެވެ.

އަޅުގަނޑަކީވެސް ކުޑައިރު ބައްޕަ ކިޔާދެއްވާ ވަހާކަތަކަށް ސަމާލުކަން ދޭމިހެއްކަމުން، ހިވާގޮތުގައި އަޅުގަނޑަށް ލިބޭ ކުދިން ގައިގަވެސް އެ ޝަޢުގުވެރިކަން ހުރެދާނެހެނެވެ. ސަބަބަކި އެބޭފުޅުން ބުނާހެން "އަލަގަހަކުން ކެޔޮނިރެއް ނުފާޅާނެއެވެ". ނޫންނަމަ ލިބޭ ކުދިންގެ ސިޔާސަކަމުން އެކުދިންނަށް ވާހަކައެއް ކިޔަދޭން އެދުމުން، ވާހަކަ ނުކިޔާދީގެން އަޅުގަނޑުގެ މުންޑުގަނޑަށް ދާމައި ބޭލިޔަ ނުދިނުމުގެގޮތުންނާއި އެކުދިންނަށް އެވާހަކަ ނުކިޔާދީގެން އަޅުގަނޑުގެ މުސްކުޅި އުމުރުގައި އަނބިކަބަލުން ކޮޓިރިއަށް ނުވައްދައިގެން ސިޓިންގްރޫމުގައި ނުވަތަ ގެއިންބޭރުގައި ނިދަަން ޖެހިދާނެއެވެ. މިހެން މިދެންނެވީ ގިނަފަހަރަށް އާންމުދިރިއުޅުމުގައިވެސް މިއުޅެނީ އެކަބަލުންގެ މޫޑް ހުންނަގޮތް ނޭގިގެންނެވެ. އެހެންކަމުން އަދި އުމުރުން ދުވަސްވީމަ ވާނެގޮތް ނުވަތަ ކޮށްލާނެވަރެއް ނޭނގޭނެނޫންތޯއެވެ؟. ވުމާއެކު ކުރިން ދެންނެވި ސަބަބުތަކަކައްޓަކައި، ބަސްމަދުކޮށް އަދި އަމަލު ގިނަކުރުމުގެ ގޮތުން "އެކުދިންނާއި ދިމާވި ގޮތް " ކުރީބައިގައި ލިޔެލާނަމެވެ.

ބަސްބުނުމުގެ ކުރިން ބަހަކީ އަޅުގަނޑުމެނެގް އަޅެކެވެ. ހަމައެއާއިއެކު ބަސްބުނުމަށްފަހު އަޅުގަނޑުމެންނަކީ ބަހުގެ އަޅެކޭ ބުނާތީ އަހަމުއެވެ. އެހެންކަމުން ކޮލެޖް ކުދިންނާ ދިމާވީ މިހެން ލިޔަމުން ދާއިރު އެ ރަހުމަތްތެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކުރަން ގަސްތުކުރަނީ އެހެންނަމެކެވެ.

ފުރަތަމަ ދުވަހު ކޮލެޖަށް ވަދެގެން ދިޔައިރު ފުރަތަމަވެސް އަޅައިގަތީ ކުލަގަދަ ރިތީ ކަމެއްގައެވެ. އެކަން ވާނިީ ވެސް އެހެންނޫން ތޯއެވެ. ރީތި ހަމަ ރީތީ އެވެ. ކޮންމެއަކަސް ފުރަތަމަދުވަހު ކްލާހަށް ގަޑި ޖެހިގެން ދާކަށް ނުވާނުންތޯއެވެ. އެހެންކަމުން އަބަދުވެސް ކަންތައްކުރާ ފަދައިން ރީތި ގޮތުގައި ދޫކޮށްލާފައި ކްލާހަށް ދިއައީމެވެ. އެހާކުރިން ދިޔައިރުވެސް ކްލާހުގައި ސާޅީހަކަށް ކުދީން ތިއްބެވެ. ކްލާހަކަށް ކުރިއަކަށް ނާދެވުނެއްނޫންހޭ ހިތަށް އެރިއެވެ. އެއިރުގައި ލެކްޗަރާވެސް ހުރީ ކްލާހަށް ދުރުވެއެވެ. ލެކްޗަރާ ފެނިފައި ނަސީބެކޭ ހިތަށް އެެރިއެވެ. އެހެންހިތަށް އެރީ އެއްގޮތަކަށްވެސް ލެކްޗަރާއަކީ ފިރިހެނަކަށް ވީމައެއްނޫނެވެ. ލެކްޗަރާއަކީ ހަމަ އަންހެން ބޭފުޅެކެވެ. ނަމަވެސް ކުޑަތަންކޮޅެއް އުމުރުން ދުވަަަސްވެފައި ހުރީއެވެ. ނޫންނަމަ ޅައުމުރުގަހެން ލެކްޗަރާ ވެސް އަޅުގަނޑުގެ "ކްރަޝް" އަކަށް ވުން ހަމަގާތެވެ. ނަމަވެސް ނަސީބަކުން އެ ކްލާހަކީ ހިސާބު ކްލާހެކެވެ. އެހެންކަމުން އެ ލެކްޗަރާ "ކްރަޝް" އަކަށް ވާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެއެވެ. ސަބަބަކީ ފެށުނީއްސުރެއްވެސް ހިސާބަކީ ހަމަ ބޮޑުވެގެންވާ ހަތުރެކެވެ. ކޮންމެއަކަސް ކްލާހުގެ އެންމެ ފަހަތުގައި ފޫހިކަމާއެކު ގޮސް އިށީނީމެވެ.

ވަށައިގެން ކްލާސްތެރެއަށް ބަލާލީމެވެ. ދަންނަ މީހަކު ފެންނާކަށްނެތެވެ. ނަމަވެސް ޤައުމު ކުދިން ތިބިހެންހީވެއެވެ. ލެކްޗަރާ ކިޔާ އެއްޗަކަށް ހަމަ އެއްގޮތަކަށްވެސް ސަމާލުކަންދެވޭ ވަރެއްނުވިއެވެ. ހިސާބަކީ އެންމެ ކުރިންވެސް އަޅުގަނޑު މަކަރު ހަދާ މާއްދައެކެވެ. އަދި ބޮޑުވެގެން މަކަރުހަދަން ދަސްވީމާ ކިހާ މަކަރެއް ހަދާލެވޭނެ ނޫންތޯއެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ފަހަތުން ކްލާހަށް ސޮރަކު އައިސް ވަންތަންފެނުނެވެ. ވީއުފަލެއްވެސް ނޭނގުނެވެ. އެއްގޮތަކަށްވެސް ނުބައި މާނައެއް ނުނަންގަވައްޗެވެ. ދަންނަ ރަހުމައްތެރިއެކެވެ. ކުރީގެ ކްލާސް ވެސް ކުއްޖެކެވެ. މަސައްކަތުގެ ދާއިރާގައިވެސް ދަންނަ ރަހުމަތްތެރިއެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއްޗެތި އެއްޗެތީގެ އަގު ބަލަން ވަރަށް ޝައުގުހުންނަ ރަހުމަތްތެރިއެކެވެ. ( ނުނިމޭ )

Advertisement

ކޮމެންޓް