ކޮފީ ވިތް ކަރަން 6ވަނަ ސީޒަނުގެ މެހެމާނުން އާންމުކޮއްފި

21 Oct 2018 | 07:43

ކޮފީ ވިތް ކަރަންގެ ހަވަނަ ސީސަންގެ ބައިވެރިންގެ ލިސްޓު ތަރުތީބު އާންމުކޮއްފިއެވެ.

ބެލުންގެ ތެރެއިންގެ ތެރޭގައި މަގްބޫލުގެ މި ޝޯ ޓީވީއިން ދެއްކުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ ،ަހުގެ 21 ވަނަ ދުވަހުއެވެ.

މިޝޯގެ އިސްތިހާރު ތަކުންވެސް ބެލުންތެރިން ތިބީ މިހާރުވެސް ކެއްމަދުވެފައެވެ.

މިއީވަރަށް ގިނަ މަޝްހޫރު ފިލްމީ ތަރިންގެ ޒާތީ ދިރިއުޅުންފަދަ އެކި ކަންކަމާމެދު ސުވާލުކުރެވި އެތަކެއް ކަމުއް ފާޅުކުރެވިގެންދާ ޝޯއެކެވެ.

ކަރަންވަނީ އޭނަގެ އިންސްޓާގްރާމް ފީޓްގައިވަނީ މިފަހަރު ސީޒަން އަށް އަންނަން އުޅޭ ޖޯޓްތަކުގެ ފޮޓޯތައް ލަމުންނެވެ.

ފުރަތަމަ މިޝޯއަށް އަންނަ ދެފަންނާނުންނަކީ ދީޕިކާ ޕަޑުކޯން އާއި އާލިއާ ބަޓް އެވެ. ޝޯގެ ފުރަތަމަ އެޕިސޯޓް ހާއްސަކުރެވިފައިވަނީ އަންހެނުން ބާރުވެރރިކުރުމަށް ކަމަށާއި މި ދެތަރިންނަކީވެސް ބޮލީވުޑްގެ ފުންނާބު އުސްދެތަރިންކަމަށްވާތީއެވެ. އަދި އާލިއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ރަންބިރ ކަޕޫރާކަމުން ގިނަ ސަޕޯޓްރުން ދަނީ މިޝޯއަށް އިންތިޒާރުކުރަމުންކަމުގައި އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ދެވަނައަށް ޝޯއަށް އައުމަށް ހަމަޖެހިފައި ވަނީ އަރުޖުންކަޕޫރާއި ޖަންވީ ކަޕޫރެވެ. މިދެބެންގެ ޖޯޑަށް ގިނަބަޔަކު އިންތިޒާރު ކުރަމުންދަނީ އެ ދެބެންނަކީ ކުރިން އެކުގައި ނުފެންނަ ދެބެން ކަމުގައި ވެފައި ޖާންވީއަކީ ވަރަށް ފަހުން ބޮލީވުޑް އަށް ނިކުންތަރިއަކަށް ވާތީކަމަށެވެ.

ތިންވަނައަށް އައުމަށް ހަމަޖެހިފައިވަނީ ސައިފް އަލީ ހާން އާއި ސާރާ އަލީ ހާން އެވެ. ބައްޕަ އާއި ދަރިފުޅުގެ މިޖޯޑުގެ ހާއްސަ ކަމަކީ ސާރާ އަލީ ހާން ވަރަށް އަވަހަށް ބޮލީވުޑް އިން ފެނިގެންދާނެތީއެވެ.

ހަތަރުވަނަ އައުމަށް ހަމަޖެހިފައިވަނީ ރަންވީރު ސިންގް އެންޑެ އަކްޝޭ ކުމާރުއެވެ. މިދެތަރިންނަކީ ވެސް ވަރަށް މަޖާ ދެތަރިން ކަމަށް ވާތީ މި ޖޯޑަށް އަންނަނީ އިންތިޒާރުކުރަމުންނެވެ.

ފަސްވަނައަށް ޝޯއަށް އައުމަށް ހަމަޖެހިފައި ވަނީ އާމިރު ހާންއެވެ. އާމިރް ހާން ޝޯއަށް އަންނަނީ އެކަނިކަމަށާއި ނަމަވެސް ރެޕީޑްފަޔަރ ރައުންޓްގައި އާމިރު ވާދަކުރާނީ ކަރަން ޖޯހަރު އާއެވެ. އަދި އެ ދެމީހުން ސުވާލުކުރާނީ މަލައިކާ އަރޯރާ ހާން ކަމަށް ހަބަރުގައިވެއެވެ.

ހަތަރުވަނަ އައުމަށް ހަމަޖެހިފައިވަނީ ވަރުންދަވަން އާއި ކެޓްރީނާ ކައިފްއެވެ. މިދެތަރިންގެ ޖޯޑަށް އިންތިޒާރުކުރަމުންދާ ބެލުންތެރިންވެސް މަދެއްނޫނެވެ.

Advertisement

ކޮމެންޓް