ދެކުނު އެފްރިކާގެ ގާނޫނުހަދާ މަޖިލީހުގައި އަނެއްްކާވެސް ރޯވެއްްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp

ދެކުނު އެފްރިކާގެ ވެރިރަށް ކޭޕް ޓައުންގައި ހުންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އަނެއްކާވެސް ރޯވެއްޖެ އެވެ.

ދެކުނު އެެފްރިކާގެ ގާނޫނުހަދާ މަޖިލީހުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގާ، މި އަލިފާންގަނޑު ދެވަނަ ފަހަރަށް ރޯވެފައި ވަނީ މީގެ ކުރިން ރަނގަޅަށް އަލިފާން ނިއްވާލެވިފައި ނުވުމުންނެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާކަމަށް ވެއެެވެ.

"އަލް ޖަޒީރާ" ނޫޙުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި މިހާރުވެސް 50 ވަރަކަށް ފަޔަރ ފައިޓަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިވެސް ކިޔާލާ:

އާދީއްތަ ދުވަހުގެ އަލިފާނުގެ ހާދިސާގެ ސަބަބުން އައު އިމާރާތުގެ ފުރާޅު ވަނީ ވެއްޓިފައެވެ. މީލާދީން 1884 ވަނަ އަހަރާ ހަމަޔަށް އޮތް ކުރީގެ ގާނޫނުހަދާ މަޖިލީހުގެ ފުރާޅުންވެސް ބައެއް ވަނީ ވެއްޓިފައެވެ.

"މި އިމާރާތް އާބާތުރަ ފިލުވުމަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ. އިމާރާތް ވަނީ އިއާދަނުކުރެވޭޭވަރަށް އަނދައިގެން ގޮސްފައި. އަލިފާން ރޯވެދާނެ ހުރިހާ އެއްޗެއް ވަނީ އަނދާ ހުލިވެފައި،" އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ޖައިލަން ވޮލްފް ވަނީ ބުނެފައެވެެ.

މިދިޔަ ހޯމަ ދުވަހު ވެސް އަލިފާން ގަނޑު ތައް އިތުރަށް ރޯވެ އަނދަމުންދިޔައިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަޔާފައިޓަރުންގެ އަދަދު ވަނީ 70 އިން 12 އަށް މަދުކޮށްފަ އެވެ.

 

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.