އިނގުރައިދޫގައި އެއްފަސް އީދު އުފާ ފޯރިގަދަކޮށް ފަށައިފި

31 Oct 2019 | 16:30

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރ.އިނގުރައިދޫގައި އަޟްހާ އީދުގެ ހަރަކާތްތައް ފޯރިގަދަކޮށް ފަށައިފިއެވެ.

ވޮއިސްއަށް މައުލޫމާތުދެމުން އިނގުރައިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވީ އީދުގެ ހަރަކާތް މިރޭ ފެށިފައިވަނީ އީދު ވެދުމާއި ދިއުމުންކަމަށެވެ. އީދު ވެދުމާއި ދިއުމުގެ ގޮތުން ރަށުގެ ފަރާތްތަކުން ވަނީ އީދު ކުޅިވަރުތައް ފެއްޓުމަށް ހުއްދައަށް އެދިފައެެވެ.

ކައުންސިލްގެ ރައީސްގެ ފަރާތުން މި ހުއްދަ ދިނުމުން އީދުގެ ހަރަކާތްތައް ވަނީ އިނގުރައިދޫގައި ރަސްމީކޮށް ފަށާފައެވެ. އެގޮތުން މިރޭ ވަނީ ފުޓްސަލް ޗެލެންޖްގެ މެޗްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އިނގުރައިދޫގައި އީދު ހަރަކާތްތައް ކުރިއަށްގެންދަނީ އެއްފަސް އެސޯސިއޭޝަނުން އިސްނަގައިގެންނެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ މިފަަހަރުގެ އީދުގައި ސަގާފީ އެކި ކުޅިވަރުތަކުގެ އިތުރުން ސްޓޭޖް ޝޯއެއްވެސް އޮންނާނެކަމަށެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ އީދު ޝޯ ދެކިލުމަށްވެސް ގިނަބަޔަކު ވަނީ އިނގުރައިދޫއަށް ޒިޔާރަތްކޮށްފައެވެ.

Advertisement

ކޮމެންޓް