މަންޓާގެ އީދު ހަދިޔާއަކީ ތީމް ލަވައެއް!

12 Aug 2019 | 12:02

އިއްޔެއަކީ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތަށް ވީހިނދު، އިއްޔެއާއި ގުޅުވައިގެން ކުރެވޭ އެންމެ ބޮޑު އެއްކަމަކީ އެކި ފަރާތްތަކަށް ހަދިޔާ ދިނުމެވެ. މިއީ ތިމާގެ އީދު އުފަލުގައި އަނެކާ ބައިވެެރިކުރުމަށް ޒަަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. މި އާދަ ޒަމާނާއި އެކުގައި އުވިފައި ނުވިނަމަވެސް، ބަދަލުތަަކަކާއި އެކު ދިރިއޮތްކަމަކީ އެންމެން އުފާކުރަންޖެހޭނެ ކަމެކެވެ.

މިގޮތުން އިއްޔެ އީދު ހަދިޔާތައް ފޯރުކޮށްދިން އެއް ޚާއްސަ ފަރާތަކީ މަންޓާ އެއާއެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ މަންޓާ އެއާއިން އީދު ހަދިޔާއެއްގެ ގޮތުން އާންމުންނާއި ހިސާބަށް ދޫކޮށްލާފައިވަނީ މަންޓާ އެއާގެ ތީމް ލަވައެވެ.

"ވިންޑް ވޯކަރ"ގެ ނަމުގައި މިއަދު އާންމުކުރި މި ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑޮލްގެ އެންމެ ފަހުގެ ސީޒަނުން ތިންވަނަ ހާސިލްކުރި މަރިޔަމް މައީޝާ އާއި މަންޓާގެ ބްރޭންޑް އެމްެބެސެޑަރ ކޮއްކޮ ކަބާނެވެ.

ދާލު އެއާޕޯޓުގައި ގާއިމްކޮށްފައިވާ މަންޓާ އެއާގެ ހޭންގަރގައި ގިނަ މަންޒަރުތަކެއް ނަގާފައިވާ މި ލަވައިގައި އެ އެއާލައިންގެ ކްރޫއިންވެސް ފެނިގެންދެއެވެ.

ވޮއިސްއަށް މައުލޫމާތުދެމުން މަންޓާއެއާގެ އޮފިޝަލަކު ބުނީ މި ލަވައިން ދައްކުވައިދެނީ ވިންޑްވޯކަރއެއްގެ މުހިންމުކަން ކަމަށެވެ. ވިންޑްވޯކަރއަކީ ވައިގެ ތެރޭގައި ހިނގައިއުޅޭ އަދި ބޭނުންޖެހޭ އިރަކުން ހުންނަ ފަރާތެވެ. މިއީ މަންޓާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ގެންގުޅޭ އުސޫލުކަން ފާހަގަކޮށްލެވެއެެވެ.

މި ލަވަ މަންޓާގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބުން މިހާރު ފެންނަން ހުންނާނެއެވެ.

Advertisement

ކޮމެންޓް