މަންޓާއިން ވެސް އީދު ފާހަގަކޮށްފި

12 Aug 2019 | 13:52

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޓާ އެއާއިން ކުލަގަދަގޮތެއްގައި އީދު ފާހަގަކޮށްފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން މަންޓާގެ އޮފިޝަލަކު ވިދާޅުވީ މިފަހަރުގެ އަޟްހާ އީދުގެ މުނާސަބަތާއި ދިމާކޮށް، އެ އެއާލައިނުން ދަތުރުކުރި ފަސިންޖަރުންނަށް އީދު ހަދިޔާއެއް ދީފައިވާނެކަމަަށެވެ. އެގޮތުން މަންޓާއިން ވަނީ ޚާއްސަ ފޮއްޓެއްގައި ބަންދުކޮށްފައިވާ މެކެރޮން ވަނީ ބަހާފައެވެ.

އިއްޔެއަކީ އީދު ދުވަސްކަމުގައި ވިޔަސް، ގިނަ އަދަދެއްގެ ފަރާތްތަކުން މަންޓާ މެދުވެރިކޮށް ދަތުރުކުރިކަމަށް އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އީދާއި ދިމާކޮށް މަންޓާގެ ތީމް ލަަވަވެސް އިއްޔެ ވަނީ ނެރެފައެވެ. މި ލަވަ ކިޔާފައިވަނީ މަރިޔަމް މައީޝާ އަދި ކޮއްކޮ ކަބާނެވެ.

މަންޓާ އެއާއަކީ އަބަދުވެސް މިފަދަ ޚާއްސަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރާ އެއާލައިނެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ކުރިންވެސް ކުޑައީދާއި މިނިވަންދުވަސް ފަދަ ޚާއްސަ މުނާސަބާތުތައް ވަނީ އެފަރާތުން ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް