50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ޕްރޮމޯޝަނެއް

Share on facebook
Share on twitter
Share on telegram
Share on whatsapp

ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކުގެ އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެއެވެ.

މިވެސް ކިޔާލާ:

މިމަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަތަކަށް ވަނީ އިނާމުތަކެއް ކަނޑައެޅިފައެވެ. އެގޮތުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަްށް 5،000 ރުފިޔާގެ ގިފްޓު ކާޑެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރޮމޮޝަން ނިމުމުން ނަގާ ގުރުއަތުލުމުގައިވެސް ހޮވޭ ކޮންމެ ކަސްޓަމަރަކަށް 50،000ރުފިޔާގެ ގޮފްޓު ކާޑެއް ލިބިގެންދާނެ ކަމަށް ބޭންކުނެ ބުނެއެވެ.

ބީއެމްއެލް އިސްލާމިކް އިން ވަނީ ދާދި ފަހުން މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފައެވެ. އެގޮތުން ބީއެމްއެލްގެ ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލްގެ ޕާރސަނަލް ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.

0%100%0%

ހިޔާލު ދެއްވާ!

Your email address will not be published.