ސްނޯކްލިންގަށް ދިޔަ ދެމަފިރިން ގެއްލިއްޖެ

13 Aug 2019 | 16:57

ސްނޯކްލިންގަށް ދިޔަ ދެމަފިރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ އއ. އަތޮޅުގައި ހުންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިންނެވެ.

އެ ދެމީހުން ގެއްލުނުކަން އެމްއެންޑީއެފް އަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 11:19 ގައެވެ. މި ދެ މީހުންނާ ބެހޭގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ގެއްލުނު ދެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ވެލާނާ ލޯންޗާއި ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް