ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ލަންކާއަށް

14 Aug 2019 | 15:12

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ރައީސް އޮޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މިއީ 4 ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ސޯލިހު މީގެ ކުރިންވެސް ވަނީ ސްރީލަންކާއަށް ވަޑައިގެންފައެވެ. އެއީ މިދިޔަ ފެބްރުއަރީމަހުގެ 3 ވަނަ ދުވަހު، އެގައުމުގެ ރައީސް މައިތުރިޕާލާ ސިިރިސޭނާހެ ހާއްސަ ދައުވަތަކަށެވެ. 

Advertisement

ކޮމެންޓް

Advertisement