ޚަބަރުގެގޮތުގައި ވިޔަސް ފާޙިޝް ޢަމަލުތައް ޢާއްމުކުރުމަކީ ޙަރާމް ކަމެއް: އައްޝައިޚް ޙަސަން މޫސާ ފިކްރީ

15 Aug 2019 | 00:39

ފާޙިޝް ޢަމަލުތައް މީސްތަކުންގެތެރޭގައި ޢާއްމުކުރުމަކީ ﷲ ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޙަސަން މޫސާ ފިކްރީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޮޑެތި ފާފަތަކާއި އެ ފާފަތަކަށް އަރައިގަންނަ މީހުންގެ ވާހަކަ ޚަބަރުގެ ސިފައިގަވިޔަސް ފެތުރުމަކީ އެ ފާފަތަކަށް ހިތްވަރު ދިނުންކަމުގައެވެ.

"ފާޙިޝް ޢަމަލުތައް މީސްތަކުންގެތެރޭގައި ޢާއްމުކުރުމަކީ ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް. ބޮޑެތި ފާފަތަކާއި އެ ފާފަތަކަށް އަރައިގަންނަ މީހުންގެ ވާހަކަ ޚަބަރުގެ ސިފައިގަވިޔަސް ފެތުރުމަކީ އެ ފާފަތަކަށް ހިތްވަރު ދިނުންކަމުގައި ނޫނީ ނުވާނެއެވެ" ޝައިޚް ވިދާޅުވެފައިވެއެވެ.

އައްޝައިޚް ޙަސަން މޫސާ ފިކްރީ މިފަދައިން ޓްވީޓްކޮށްފައިވާއިރު، އިސްލާމީ އުސޫލްތަކާއި ހިލާފަށް ހިންގަމުންދާ ބައެއް ފާހިޝް ކަންކަން ބައެއް މީޑިއާތަކާއި މީސްމީޑިއާގައި ރިޕޯޓް ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ. 

Advertisement

ކޮމެންޓް