ކޯމާގައި އޮތް ދިވެހި ހައްޖާޖީ ނިޔާވެއްޖެ

14 Aug 2019 | 23:55

ބަލިހާލަތު ގޯސްވެ ކޯމާއެއްގައި އޮތް ދިވެހި ހައްޖާޖީއަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ފ. ދަރަނބޫދޫއަށް ނިސްބަތްވާ 38އަހަރުގެ އަންހެނެއްކަމުގައިވާ ސީމާ މޫސާއެވެ.

ސީމާ ކޯމާއަކަށް ވެއްޓުނީ އޭނާ މިނާގެ ޓެންޓްގައި ހުއްޓާ ސްޓްރޯކެއް ޖެހިގެންނެވެ. ސީމާ އަނބުރައިގަނެގެން ވެއްޓުމުން އޭނާ ވަނީ މިނާގެ އަލްވާދީ ހޮސްޕިޓަލަަށް ގެންދެވި ފަރުވާދޭން ފަށައިފައެވެ.

އޭނާ ހައްޖަށް ދިޔައީ ފިރިމީހާއާއި އެކުގައެވެ.

Advertisement

ކޮމެންޓް