ދަރުމަވަންތަ ހޮސްޕިޓަލުން ހަމަ އެކަނި ވާނެ ފައިދާއަކީ އައިޖީއެމްއެޗްގެ ކިޔު ދިގުވުން: ރައީސް ޞާލިހް

Share on facebook
Share on twitter
Share on telegram
Share on whatsapp

ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ސަރުކާރުން އައިޖީއެމްއެޗް ކައިރީގައި ބިނާކުރި ދަރުމަވަންތަ ހޮސްޕިޓަލުފަދަ ހޮސްޕިޓަލެއް ހެދިދާނެ ކަމަށާއި, އެއީ އެއްވެސްކަމެއް ނޫންކަމަށް ވިދާޅުވެ, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗުކުރުމަށް ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމްޑީޕީއާއި ވާދަކުރައްވާ ބޭފުޅުންގެ ފިކުރަކީ މަރުކަޒީ ނިޒާމެއް ގާއިމުކޮށް, އެއްތަނަކަށް މީހުން ޖަމާކޮށް ޚިދުމަތްތައް ޖަމާކުރުން ކަމަށެވެ. އަދި މީ ރާއްޖެ ތަރައްޤީކުރެވޭނެ ގޮތެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ތަރައްޤީކުރަންޖެހޭ އެންމެ މުހިންމު އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށާއި, އެކަން ފަސޭހައިން ރައްޔިތުނަށް ފޯރުކޮށްދިނުމަށް ފަސް ހޮސްޕިޓަލެއްގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި ހަމައެެހެންމެ އެ ފަސް ހޮސްޕިޓަލަށް ކުރާ ޚަރަދު އެއްކޮށްލާފައި, އައިޖީއެމްއެޗު ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިވެސް ކިޔާލާ:

"އެ ފަސް ހޮސްޕިޓަލަށް ކުރާ ޚަރަދު އެއްކޮށްލާފަ އަޅުގަނޑަށް ވެސް އައިޖީއެމްއެޗު ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ. އެއްވެސްކަމެއް ނޫން އެއީކީ. އަދި މައްޗަށް އެއާ ދިމާއަށް ބަލަން ވެސް އިނދެވިދާނެ. ބޭރުން އެ ތަނަށް އަޅުގަނޑަށް ޑޮކްޓަރުން ވެސް ލެވިދާނެ. ޚިދުމަތްތައް ވެސް ލެވިދާނެ. ވިސްނާލަންވީ އޭގެން މާލޭގަ ދިރިއުޅުއްވާ ރައްޔިތުންނަށާއި, ތިބޭފުޅުންނަށް ކުރާނީ ކޮން ފައިދާއެއްތޯ. ކޮބައިތޯ އޭގެ ނަތީޖާއަކީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަމައެކަނި ވާނެކަމަކީ އައިޖީއެމްއެޗުގެ ކިއު ދިގުވުން ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖެތެރޭގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރަކަށް ބަދަލެއްނާންނަ ކަމަށާއި, އެކަމަށް ހޭދަވާ ވަގުތަކަށް ބަދަލެއްނާންނަ ކަމަށެވެ. އޭގެ ބަދަލުގައި އާސަންދައަށް ކުރާ ބާރު ބޮޑުވެގެންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

33%33%33%

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަނގަތެޅުމާއިި ރައްޔިތުންް ޖޫރިމަނާކުރުންނ ފިޔަވާަ އެއްވެސްް ކަނެއްނުކުރާާ ބޭކާރުު މީހެއް

  2. ޢެހާދަށުދަރަޖާގެ ތަނެތްރަހުނެތްގެގޮތުގާގަބޫލުކުރީކީވެބަ މަޑުގުރާގެ ވި ހަ ވ ނުރަށްކާވާނެކަން ހަދާނުގާ އަބަދުވެސް ބަހަންތަންވާނެ

  3. ކަމެއް ނުވާ ހާލު އެހެންމީހުން ކޮއްފަ ހުންނަ ބޮޑެތިކަންކަން ގޯސްކުރަން އުޅުނަކަސް ކާމިޔާބެއް ނުވާނެ. ވާނީ ބޭޒާރު. އިންޑިއާގެ ދަށުވެގެން ހޯދޭނެ މޮޅެއް އޮތްނަމަ އިންޑިއާ މީހުން އުޅުނީހީ މިހާރަށްވުރެ ލުއިފަސޭހައިގައި. އެޤައުމުގެ ގިނަބަޔަކު ތިބީ ކަނުއަނދިރީގައި. ބޯފެން ހޯދަނީ ދެތިން ގަޑިއިރު ހިނގައިގެން.

  4. އެއްތާކު އެކައްޗެއްވެސް އެޅޭނެ ރައީސެއްނޫން ތީކީ، އަނގަ އޮތިއްޔާކާޅެއްނުކާނޭ ބުނަނީ ތިކަހަލަ މީހުނަށް، ތި ކިއާހޮހަޅައެއްވެސް ކީ ހަމަ ތިރައީސް، އެކަމަކު އެތަން ދައްކާއިގެން ބޭރު ގައުމު ތަކުން ފައިސާވެސް ހޯދަން ޖެހޭ، ދެން ހޮހަޅަ ކީ ވަރަށް ދައްކޮށްލަން، އެހެނަސް ހޮހަޅަ އަކީ ވަރަށް ވެސް ރައްކާތެރި ތަނެއްކަން ކީރިތިރަސޫލު ސޮއްލަﷲ އަލައިހި ވަސައްލަމަގެ ހިޖުރައިގެ ދަތުރުފުޅުން ވެސް ޔަގީންވި، ދެން.

ހިޔާލު ދެއްވާ!

Your email address will not be published.