މަރިޔަމް މުނާ(ވ) އާއި ޑރ.އަހުމަދު އަދުހަމް އަބުދުﷲ(ކ) ---

ފުލުހުން ލާއިންސާނީ ޢަމަލާއި ގުޅިގެން އެޗްއާރްސީއެމްއިން ވާހަކަދައްކާކަށް ބޭނުންމެއް ނުވި!

Share on facebook
Share on twitter
Share on telegram
Share on whatsapp

އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ދެ މީހަކަށް ފުލުހުން ލާއިންސާނީ އަނިޔާކުރި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

"އިންޑިއާ އައުޓު" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ހުކުުރު ދުވަހު ކުރި މުޒާހަރާގައި ފުލުހުން ޤާނޫނާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އެ ގޮތުން ފިރިހެން ފުލުހުން ގޮސް އަންހެނުން ހިފައި ހައްޔަރުކޮށްފައިވެއެވެ. އޭގެ އިތުރުން މުޒާހަރާގެ ބައިވެރިއަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. ހަމައެހެންމެ މުޒާހަރާ ކަވަރުކުރަން އުޅުނު އަންހެން ނޫސްވެރިއަކަށް ހުރަސްއަޅައި ފުލުހުން ފަރާތުން އޭނާއަށް ވަނީ އަނިޔާ ލިބިފައެވެ.

މިވެސް ކިޔާލާ:

މި މުޒާހަރާ ކަވަރު ކުރަން އުޅުނު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ހައްޔަރު ކޮށްފައިވާ މީހުންނަށް ފުލުހުން ފަރާތުން އުސޫލްތަކާއި ހިލާފަށް އަނިޔާ ކުރާ މަންޒަރު ފެނިފައެވެ. އެގޮތުން މި މަންޒަރު ވަނީ ޗެނަލް13 އާއި އެ ސަރަހައްދުގައި އުޅުނު ފަރާތްތަކުން ވީޑީއޯކޮށް އެ ވީޑިއޯ ދައުރުކުރަން ފަށާފައެވެ. އަދި ފިރިހެން ފުލުހުން އަންހެނެއް ހައްޔަރުކުރުމުގައި އަމަލުކުރި ގޮތާއި، ޕެޕާ ސްޕެރޭ އެއްވެސް އިންޒާރަކާއި ނުލައި ފުލުހުން ބޭނުންކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިފަދަ ލާއިންސާނީ ޢަމަލުތައް ފުލުހުން ފަަރާތުން ހިންގާފައިވުމާއެކު އެ ނޫސްވެރިން ވަނީ އެޗްއާރްސީއެމްއާއި ސުވާލު ވެސް ކޮށްފައެވެ. ނަމަވެސް ތަކުރާރުކޮށް އެޗްއާރސީއެމްގެ މީޑިއާ ގްރޫމްގައި އެކަމާ ގުޅިގެން ސުވާލު ކުރުމުންވެސް ކޮމިޝަނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިދިކޮޅުގެ މުޒާހަރާގައި ޖުމްލަ 29 މީހުން ހައްޔަރުކުރިއިރު, ފުލުހުން ބުނީ މުޒާހަރާތަކާއި އެ ނޫން ވެސް ހާލަތްތަކުގައި ފުލުހުން މީހުން ހައްޔަރުކުރަނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ ވެސް އެއްގޮތަށް ކަމަށެވެ.

0%100%0%

ހިޔާލު ދެއްވާ!

Your email address will not be published.