Advertisement

ޓްރެއިނާސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް މުޝްތަރީއަށް!

16 Aug 2019 | 16:27

ހދ.ނާވައިދޫގަައި އަޟްހާ އީދުގެ މުނާސަބަތުގައި ބޭއްވި ޓްރެއިނާސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް މުޝްތަރީ ހޯދައިފިއެވެ.

މި ޓީމުން މުބާާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކުރުމަށް ފަހުގައެވެ. 

ރޭގެ މެޗަށްފަހު ވަނީ މި މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ތައްޓާއި އިނާމުވެސް ހަވާލުކޮށްފައެވެ. އެގޮތުން މި މުބާާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޝްތަރީ ޓީމްގެ ޖާޒީ ނަންބަރު ފަހެއް، މަރިޔަމް އަމީޒާ އިބްރާހީމެވެ.

އެރަށު ޓްރެއިނާސް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އަންހެނުންގެ މި ފުޓްސަލް މުބާރާތަކީ އެރަށުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މުބާރާތެކެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޓްރެއިނާސްެގެ އޮފިޝަލަކު ވިދާޅުވީ ޓްރެއިނާސް ވިމެން ފުޓްސަލް ޓޯނަމެންޓަށް ޓީމްތަކުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ކުޅުންތެރިން ޕްރެކްޓިސްކޮށް ހަދާފައިވާ ކަމަށެވެ.

އަދި މިމުބާރާތް ދެން އަންނަ އީދުގައި މުޅި އަތޮޅަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޓްރެއިނާސް ސްޕޯޓްސް ކްލަބަކީ 2008ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކުރެވިގެން ނާވައިދޫގައި ހިންގަމުންދާ ކްލަބެކެވެ.

Advertisement

ކޮމެންޓް