ހޯޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިންގ ތަޢާރަފްކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ބޭންކް އޮފް މޯލްޑިވްސް އިން ގދ. ހޯނޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިންގ ތައާރަފްކޮށް 100 އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ޕޭމަންޓް ހިދުމަތް ލިބޭގޮތް ހަމަޖައްސައިފިއެވެ.

އޭޖަންޓް ބޭންކިންގ ގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެއް ކަމަށް ބޭންކުން ބުނެއެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފެށިފައިވަނީ ހަމަ އެކަނި ފައިސާ ނެގުމުގެ ހިދުމަތާއެކުވެ. ނަމަވެސް މިއަދު، އޭޖަންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ކަސްޓަމަރުންނަށް ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭއިރު، ވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

މިވެސް ކިޔާލާ:

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރްދީވިދާޅުވީ މި ޚިދުމަތަކީ އެ ބޭބްކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން އޭޓީއެމް އެއް ހުންނަ ރަށްރަށަށް ދަތުރުކުރުމުގެ ބަދަލުގައި މީހުން އުޅޭ ރަށްރަށުގައި ފަސޭހަކާއެކު ޚިދުމަތް ހޯދޭނެ ނިޒާމެއް ކަމަށެވެ. އަދި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 76 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.