ބިޑާއި ޕްރޮޕޯސަލް ހުށަހަޅަން ޚާއްޞަ ޕޯޓަލެއް ތަޢާރަފްކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބިޑާއި ޕްރޮޕޯސަލް ހުށަހެޅުމަށް ޚާއްޞަ ޕޯޓަލެއް އިފްތިތާޙުކޮށްފި އެވެ.

މި ޕޯޓަލް އިފްތިތާޙުކުރީ މިކަމަށްޓަކައި އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކޯޕަރޭޝަންގެ ޗެއާމަން ޖައިޝް އިބްރާހީމެވެ.

މި ޕޯޓަލްގެ މަޤުޞަދަކީ ބިޑް ހުށަހަޅާ ފަރާތްތަކަށް ލުއި ފަސޭހަވާނެހެން ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް އެއްޕޯޓަލައެއް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލެވޭ ޕޯޓަލް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މިވެސް ކިޔާލާ:

އެޗްޑީސީން ބުނީ ޕޯޓަލް މެދުވެރިކޮށް ބިޑްތައް އޮތް މަރުހަލާ ބަލާލުމުގެ އިތުރުން ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ފަރާތްތަކަކީ ކަމަށް ގާބިލު ފަރާތްތަކެއްކަން ޔަގީންކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ބިޑްތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށް، ބިޑުތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ދޭ ދައުވަތުތަކަށް، ޕްރޮޕޯނަންޓްސް އަދި ވެންޑާޒްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ޕްރޮޕޯޒަލް އަދި ބިޑް ހުށަހެޅޭނެ ކަމަށެވެ.

އެޗްޑީސީގެ ޕޯޓަލް ބޭނުން ކުރުމަށް ރަޖިސްޓްރީވުމަށް ލިޔުންތަކާއެކު އީމެއިލް ކުރެވޭނެއެވެ. މިއަދު ތައާރަފް ކުރެވުނު ޕޯޓަލްގެ ހިދުމަތް އެޗްޑީސީގެ "މައިހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް ލިބޭނެއެވެ.

 

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.