--ލަވައިގެ ސްކްރީން ޝޮޓެއް--

"ފަތްމިނި" ޝަލަބީއާއި ޝިފާގެ ފުރިހަމަ ހުށަހެޅުމެއް

Share on facebook
Share on twitter
Share on telegram
Share on whatsapp

ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އަދި އޭނާގެ އަނބިމީހާ ޝިފާއާއިއެކު ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ ހުކުރު ދުވަހުވަނީ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައެވެ.

"ފަތްމިނި" ނަމަކަށް ކިޔާފައިވާ މި ލަވަ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލި ހިސާބުންވެސް އެ ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އަމިއްލަ ރާގަކަށް ހަދާފައިވާ މި ލަވަ ކިޔާފައިވަނީ ޝަލަބީއެވެ. މި ލަވައާއި ގުޅޭގޮތުން މީސްމީޑިއާގައި ކޮމެންޓްކުރި ގިނަ ބަޔަކުވަނީ މި ލަވަ ޝަލަބީ ކިޔާފައިވާލެއް ހިތްގައިމުކަން ފާހަގަ ކޮށްފައެވެ. އަދި ލަވައިގައި ޝަލަބީއާއި ޝިފާގެ އެކްޓިންގެ ފުރިހަމަ ކަމުގެ ވާހަކަވެސް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

މިވެސް ކިޔާލާ:

މި ހިތްގައިމު ލަވައިގެ މިއުޒިކްއަދި މިކްސިން ހަދައިފައިވަނީ އިބްރާހިމް ޒައިޒު އަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ. އަދި ވީޑިއޯގެ ފަހަތުގައި ހުރީ ޙުސައިން މުނައްވަރު (ކުޑަފޫޅު/ހުސައިން ކިޑް) އެވެ.

މި ލަވައަށް ޔޫޓިއުބުގައި މިހާތަނަށް ތޭވީސްހާހަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

މިފަހުން ޝަލަބީގެ އަޑުން ނެރުނު، "ޝިކާރަ" އަދި "ލޯބިވާ" އަށް ވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

0%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަނބިމީހާ އޮރިޔައިމުން ނެރެފާފަކުރުވުންތޯ ފިރިމީހާއަށް އޮތީ. ހީވަނީ މާ މޮޅުކަމެއްހެން މި ކުރެވުނީ. އަދި މި ނޫސްވެރިން ވެސް ހީވަނީ ތަންފުކެއް މައިތިރިވާްން ވެއްޖެހެން. މީހުން ކުރާ ހެޔޮ ކަންތަކުގެ ވާހަކަ ލިޔާބަޔަކަށް ވާންވީނުން.

ހިޔާލު ދެއްވާ!

Your email address will not be published.