Advertisement

ނަފްސާނީ ބަލި މީހުންނަށް އަންނަ އަހަރުން ފެށިގެން މާލީ އެހީދެނީ

18 Aug 2019 | 09:56

ނަފްސާނީ ބަލި މީހުންނަށް އަންނަ އަހަރުން ފެށިގެން މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށް އެންްސްޕާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހް ވިދާޅުވީ އިޖުތިމާއީ ގާނޫނުގެ ދަށުން އަންނަ އަހަރު މާލީ އެހީތެރިކަން ދިނުމަށް ލާޒިމް ކުރާ ދެ ޕްރޮގްރާމެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ނަފްސާނީ ބަލި މީހުންނަށާއި އަޅާލާނެ ފަރާތެއް ނެތް މީހުންނަށް އަންނަ އަހަރުން ފެށިގެން މާލީ އެހީދިނުމަށް ތައްޔާރުވަމުންދާކަމަށް ވަނީ ބުނެފައެވެ.

އަދި ނަފްސާނީ ބަލި މީހުންނާއި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ހިނގާ ހުރިހާ ޚަރަދެއް އަންނަ އަހަރުން ފެށިގެން ސަރުކާރުން ހަމަޖައްސަން ނިންމާފައިވާކަމަށް އައްޒާމް ވަނީ ހާމަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މާޗްމަހުގައި ވަނީ އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ މަރުކަޒެއް ގާއިމްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement