ވެމްކޯގެ ސައިކަލުތައް ބޭނުންނުކުރަނީ މައްސަލަ ޖެހިފައި ހުރުމުން!

18 Aug 2019 | 09:39

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ނުވަތަ ވެމްކޯގެ ބޭނުންތަކަށް ގެނައި ސައިކަލްތައް ބޭނުން ނުކުރަނީ އެ ސައިކަލްތަކުގައި މައްސަލަޖެހިފައި ވުމުންކަމަށް އެކުންފުނިން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ވެމްކޯގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެން ވެމްކޯއިން ގެނައި ވެހިކަލްތަކުގައި ހިމެނޭ 20 ޓްރައިސައިކަލް ބޭނުންކުރަމުން ނުދަނީ ސައިކަލްތަކުގައި މައްސަލަތަކެއް ޖެހިފައި ހުރުމުން ކަމަށެވެ.

އެގޮތުން ޝޮކްއަށް މައްސަލަ ދިމާވުމާއި ސައިކަލްތަކުގެ ބެޓެރީގެ މައްސަލަ ހުރުން ވަނީ ފާހަގަކޮށްފައެވެ. މި ޓްރައިސައިކަލްތަކަކީ ތިމާވެއްޓާއި ރައްޓެހި ސައިކަލްތަކެއްކަމަށް ވަނީ މީގެ ކުރިން ބުނެފައެެވެ.

ވެމްކޯގެ މީޑިޔާ އޮފިޝަލް އިތުރަށް ވިދާޅުވީ އެ ސައިކަލްތައް ވަނީ ތިލަފުށީގައި ވަގުތީގޮތުން ގުދަން ކުރެވިފައި ކަމަށެވެ. އަދި އެ ސައިކަލްތައް ބޭނުންކުރެވޭނެގޮތް ހެދުމަށް ސަޕްލަޔަރއާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް