ގާޒީ ހައިލަމްގެ ބަަލަމުންދާ މައްސަލައަކީ މާނުގެ ޕާސްޕޯޓު ނުހިފެހެއްޓި މައްސަލަ!

17 Aug 2019 | 23:53

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ބަލަމުންދާ މައްސަލައަކީ މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައި ނުދިން މައްސަލަކަމަށް ހާމަވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ސަން އިން ރިޕޯޓްކުރާ ގޮތުގައި ޖޭއެސްސީން ބަލަމުން ދަނީ އަބްދުﷲ މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުމާ މެދު ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވި މައްސަލައެވެ.

މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ މާނުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އޭސީސީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނުނެރެވޭނެކަމަށް ބުނެފައިވަނީ އޭގެ ތިން ހަފްތާ ފަހުންނެވެ.

އެ އެދުމާއި މެދު ގޮތެއް ނުނިމެނީސް މާނު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެއަށްފަހު އޭނާ އަދިވެސް ރާއްޖެއަށް ނާންނަކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސްގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

Advertisement

ކޮމެންޓް