Advertisement

އާސެނަލް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ސަބަބު ވެން ޕާސީ ހާމަކޮށްފި

18 Aug 2019 | 11:22

ކުރީގެ އާސެނަލްގެ ތަރި އަދި ލެޖެންޑް ރޮބިން ވެން ޕާސީ އެ ކްލަބް ދޫކޮށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ސަބަބު ހާމަކޮށްފިއެވެ.

22 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް އާސެނަލް ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ އާސެނަލްގެ ފަރާތުން އައު ކޮންޓްރެކްޓެއް ހުށަނޭޅުމުގެ ސަބަބުން ކަމަށް ވެން ޕާސީ ބުންޏެވެ.

އެ ޓްރާންސްފާއައި ހުރެ އާސެނަލްގެ ސަޕޯޓަރުންގެ ނުރުހުމާ ފާޑު ކިޔުންތައް ރައްދުވި ވެން ޕާސީ އިތުރަށް ބުނީ، އޭނާ އާސެނަލް ދޫކޮށްލީ އިތުރު އެއް ގޮތެއްވެސް ނެތުމުން ކަމަށެވެ. އޭނާ ހުރީ އައު ކޮންޓްރެކްޓެއްގެ އިންތިޒާރުގަ ކަމަށައި ނަމަވެސް އޭރު އާސެނަލްގެ މެނޭޖްމަންޓުން ގަބޫލުކުރީ އޭނާއަށް 29 އަހަރު ވެފައިވުމުން އޭނާގެ ފަރާތުން ކްލަބަށް ކުރާނެ އިތުރު ފައިދާތަކެއް ނޯންނާނެކަމަށް، ވެން ޕާސީ އިތުރަށް ހާމަކުރިއެވެ. އެއާއެކު އެހެން ކްލަބެއް ހޯދަން އޭނާއަށް މަޖުބޫރުވީ ކަމަށް ވެން ޕާސީ ބުންޏެވެ. ކަމާ ގުޅޭ ގޮތުން އޭރުގެ އާސެނަލްގެ ކޯޗް ވެންގާއާވެސް ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށައި ނަމަވެސް ފަހި މަގެއް ނުފެނުން ކަމުގައި ވެން ޕާސީ ވަނީ ފާހަގަކޮށްފައެވެ.

ބީޓީ ސްޕޯޓްސްއައި ވާހަކަ ދައްކަމުން އޭރު ހިނގާދިޔަ ކަންތައްތައް ސިފަ ކުރަމުން ވެން ޕާސީ ބުނީ އޭނާ އުޅުނީ އާސެނަލްއައި ކައިވެނި ކޮށްގެން ކަމަށައި ނަމަވެސް އަށް އަހަރަށްފަހު އަންހެނުން އޭނާ މަތިން ފޫހިވީ ކަމުގައެވެ.

އެކަންތައްތައް އެހެން ދިމާވިނަމަވެސް އޭނާ އަކީ އަޒުމް ވަރަގުދަ ކުޅުންތެރިޔެއް ކަމަށައި ޔުނައިޓެޑާ ގުޅުނީ ލީގް ކާމިޔާބު ކުރުމަށް ކަމަށް ވެން ޕާސީ ބުނެފައިވެއެވެ.

ޔުނައިޓެޑުގެ އިތުރުން މެންޗެސްޓާ ސިޓީ އަދި ޕްރިމިއާ ލީގް ނޫން ލީގެއްގެ ކްލަބަކުންވެސް ހުށަހެޅުން ލިބުން ކަމަށްވެސް އޭނާވަނީ ހާމަކޮށްފައެވެ.

ސަރ އެލެކްސް ފާގަސަން ޔުނައިޓެޑާއެކު ހޭދަ ކުރި ފަހު ސީޒަނުގައި ވެން ޕާސީ އެ ކްލަބައި ގުޅެ ލީގް ކާމިޔާބު ކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

Advertisement

ކޮމެންޓް