އިންޑިއާގައި އަންހެން ދަރިވަރަކު ރޭޕްކުރުމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp

އިންޑިއާގެ އަމިއްލަ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު އެސްކޫލުގެ ދަރިވަރަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އަންހެން ދަރިވަރަކު ރޭޕް ކުރުމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ޓީޗަރު އޭނާގެ ދަރިވަރަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

މަތޯރާ ފުލުހުން ބުނާ ގޮތުގައި ޖޯދްޕޫރު ކައިރީގައި އޮންނަ އޮސާއިންގައި ހުންނަ ޓީޗަރުގެ ގެއިން އޭނާގެ މައިންބަފައިން ވަނީ އަނިޔާވި ކުއްޖާ ހޯދާފަ އެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެ އަންހެން ކުއްޖާ އަވަށްޓެރިއެއްގެ ދަނޑަށް މަސައްކަތެއް ކުރަން ދިޔަ ކަމަށާއި، ދިޔަ ފަހުން ޚަބަރެއް ނުވެގެން ޢާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

މިވެސް ކިޔާލާ:

އަދި ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި އެ ޓީޗަރުގެ ގެއިން އަންހެން ކުއްޖާ ނުކުމެގެން ދިޔަ މަންޒަރު ޢާއިލާގެ މެންބަރުންނަށް އެންގި ކަމަށްވެސް ޢާއިލާ ހަވާލާދީ ފުލުހުން ބުނެއެވެ. އެ އަންހެން ކުއްޖާ ފެނިފައިވަނީ އެ ޓީޗަރުގެ ބަދިގެ ތެރޭގައި ބަންދުކޮށްފައި ހުއްޓާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ޓީޗަރާއި އިތުރު ދެމީހެއްގެ މައްޗަށް ގޭންގުރޭޕްގެ މައްސަލަ އުފުލާފައިވާ ކަމަށާއި، އެމައްސަލައިގައި ބައިވެރިވި ޓީޗަރު ހައްޔަރުކޮށް ތުހުމަތު ކުރެވޭ އިތުރު ދެމީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" ޓީޗަރާއި އިތުރު ދެ މީހެއްގެ މައްޗަށް ގޭންގުރޭޕް އަދި ވަގަށް ނެގި މައްސަލައެއް އަޅުގަނޑުމެން ވާނީ ރަޖިސްޓަރީކޮށްފައި. އެ ޓީޗަރު ހައްޔަރުކޮށް އިތުރު ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އޮސިއަން ސާކަލް އޮފިސަރު ނޫރު މުހައްމަދު ވިދާޅުވި އެވެ.

33%50%16%

ހިޔާލު ދެއްވާ!

Your email address will not be published.