ފުލުހުންގެ ހުއްދަ ނަގައިގެން މަގުމަތީ މުޒާހަރާކުރުން ނިމުމަކަށް ގެންނަނީ

18 Aug 2019 | 12:18

އެއްވެއުޅުމާ ބެހޭ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނެސްފައިވާ އިސްލާހު އުވާލުމަށް މަޖިލީހަށް ބިލެއް ވައްދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭގޮތުގައި އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިޚްތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، އެވަގުތު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާބައި އުނިކޮށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާޙުކުރުމަށް ވަނީ ބިލެއް ފޮނުވާފައެވެ.

މި ބިލް ފާސްވެއްޖެނަަމަ ކުރިން ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަންތަނުގައި ކަމަށް އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެެވެއެވެ. މިހާރު އޮތްގޮތުން މާލޭގައި މުޒާހަރާ ކުރެވެނީ ހަަމައެކަނި ކާނިވާ ސަރަހައްދުގައެވެ.

އެމްޑީޕީން އޭރު ބުނިގޮތުގައި އެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ނިޔަތުގައެވެ.

Advertisement

ކޮމެންޓް

Advertisement