އިންތިހާބަށް 24 ދުވަސް: މަހާޖައްރާފުގެ އެހީގައި ދެ ކޮމަންޑޫ ގުޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަކީ މަސައްކަތް އިންތިހާބާ ދިމާކޮށް ފަށާއިރު، 2022 ވަނަ އަހަރުގައި ށ. ކޮމަންޑޫގައި ހިންގުމަށް ނިންމާފައިވާ 10 މަޝްރޫއުގެ ތެރޭގައިވެސް މި ދެރަށް ގުޅުވާލުމެއް ނެތެވެ. އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ގިނަބަޔަކު މިކަމާއިގުޅިގެން ކޮށްފައިވާއިރު ރައީސް ޞާލިހް ވަނީ ނުފޫޒު ފޯރުވާކަމަށް ބުނިކަމުގައިވީނަމަވެސް ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

ކޮމްނަޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ފައްޓަވައި ދެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަސައްކަތް މި ހަފްތާގައި ފައްޓަވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ޕްލޭން ވެސް މިހާރު ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ހުކުރު ދުވަހު ފައްޓަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، އެ ދެރަށް ގުޅާލާނީ ލިންކަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިވެސް ކިޔާލާ:

އަކްރަމް މިހެން ވިދާޅުވެފައިވާ އިރު މަތި ކޮމަންޑޫގެ ބޮޑު ބައެއް ހިއްކުމަށް ބޭނުން ކުރަން ހަމަ ޖެހިފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ބައްލަވައިގަތް މަހާޖައްރާފެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ބައްލަވައިގަތް މަހާޖައްރާފަކީ އެމްޓީސީސީއަށް އޮތް ބޮޑު ބުރައެއް ކަމަށާއި، އެ މަހާޖައްރާފަކީ ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އެއިން އެއްވެސް ފައިދާއެއް ކުންފުންޏަށް އަދި ދައުލަތަށް ނުވާކަމަށް ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުގެ ވެރިންވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކުންފުނި ކަމުގައިވާ އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޝާހް ހިމެނިވަޑައިގަންނަވައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް ކަމަށެވެ.

ކޮމަންޑޫ ދާއިރާގައި ސަރުކާރު ކެނޑިޑޭޓާއި ވާދަކުރައްވަނީ ޕީޕީއެމްގެ ކެނޑީޓޭޑް ފަތުހީއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

50%50%0%

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.