Advertisement

ޕޮގްބާ ޔުނައިޓެޑުގައި މަޑުކުރާނެކަމުގެ ޔަގީންކަން އަނެއްކާވެސް ޝޯލްޝާ ދީފި

19 Aug 2019 | 09:24

މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރާނެކަމުގެ ސުވާލުތަކެއް އުފެދިފައިވާ ޕޯލް ޕޮގްބާ އެ ކްލަބުގައި މަޑުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މެނޭޖަރ ޝޯލްޝާ އަނެއްކާވެސް ދީފިއެވެ.

ވުލްވްސްއައި ދެކޮޅަށް ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން މީޑިއާތަކައި ވާހަކަ ދައްކަމުން ޝޯލްޝާ ވަނީ ޕޮގްބާ ޔުނައިޓެޑުގައި މަޑުކުރާނެ ކަމާމެދު ނޫސްވެރިން ކެނޑިނޭޅި ސުވާލު އުފައްދަނީ ކީއްވެތޯވެސް އަހާފައެވެ.

ތަކުރާރުކޮށް ބުނަން އޮތީ ޕޮގްބާގެ ކުރިމަގާމެދު ނުތަނަވަސްކަމެއް ނެތް ކަމަށައި އޭނާގެ ނަޒަރުގައި ކުރިއަށް އޮތް ތަނުގައިވެސް ޕޮގްބާ ހުންނާނީ ޔުނައިޓެޑުގެ ކުޅުންތެރިޔެއްގެ ގޮތުގައިކަން ޔަގީންކުރާ ކަމަށްވެސް ޝޯލްޝާ ބުނެފައިވެއެވެ.

ޕޮގްބާގެ މުސްތަގްބަލާމެދު ސުވާލުތަކެއް އުފެދެން ފެށީ މި އަހަރުގެ މާޗް މަހު، ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑަށް ކުޅުމަކީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިޔެއްގެވެސް ހުވަފެނެއްކަމުގައި އޭނާ ބުނުމާ ގުޅިގެންނެވެ. އެ ވާހަކައަށް ގިނަ ދުވަސްތަކެއް ނުވަނީ ޕޮގްބާވަނީ އޭނާ ކެރިއަރުގައި އައު ޗެލެންޖެއް ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ފްރާންސްއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޕޮގްބާ ޔުނައިޓެޑް ދޫކޮށް ދާން ބޭނުންވާ ކަމުގައި އޭނާގެ އޭޖެންޓް މިނޯ ރައިއޯލާވެސް ވަނީ މީގެ ކުޑަ ދުސްކޮޅެއް ކުރިން ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް