Advertisement

ޗައިނާއަށް ކަނޑައެޅި ސަފީރު މަގާމުގެ ފަތްކޮޅު އަރުވައިފި

19 Aug 2019 | 11:36

ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް ކަނޑައެޅުއްވި އާ ސަފީރު ކަމުގައިވާ އައިޝަތު އަޒީމާ މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

އަޒީމާ މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައެވެ. އެކަމަނާގެ ފަތްކޮޅާއި ޗައިނާ ސަރުކާރުގެ ފަރާތުން ހަވާާލުވެ ވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ފޮރިން މިޝަންސް އޮފީހުގެ ޑައިރެކްޓަރު އަދި ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ވާންގް ލުޓޮންގްއެވެ.

ސަފީރުކަމުގެ މަގާމަށް އަޒީމާ އައްޔަންކުރެވުނީ ޖޫން މަހުގެ 16ވަނަ ދުވަހުގައެވެ.

އަޒީމާއަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

އަޒީމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.

Advertisement

ކޮމެންޓް