މިފަހަރުގެ ދިވެހި ލީގު މުުޅި ރާއްޖެއަށް، ކޮލިފައިން މާޗު މަހު ފަށަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp

ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ކުޅެން ހަމަޖައްސާފައިވާ، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މާޗު މަހު ފަށާ ގޮތަށް ހަމަޖައްސާ، ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން 2023-2024 ގެ ދިވެހި ޕްރިމިއާ ލީގު، ކުރިއަށް ދާނީ ޖުމުލަ 12 ޓީމާ އެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ.

އެފްއޭމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ހުޅުވާލީ ޒޯން 1، 2 އަދި 3 އަށް ނިސްބަތްވާ ކްލަބުތަކަށް ކަމަށާއި އެ ކުލަބުތަކުން ބައިވެރިވުމަށް އެދޭ ލިޔުންތައް އެފްއޭއެމްއަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 2 ގެ ނިޔަލަށެވެ.

އެފްއޭއެމްއިން މައުލޫމާތު ދިން ގޮތުގައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގައި ޒޯންތައް ބަހާފައިވަނީ، ޒޯން 1: ހއ، ހދ، ށ، ނ، ރ، ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ޒޯން 3: ތ، ލ، ގއ، ގދ، ޏ، ސ އަދި ޒޯން 4: ގްރޭޓާ މާލެ އޭރިއާ، މިގޮތަށެވެ.

މިފަހަރު ހަމަޖެހިފައިވާގޮތުން، ކޮންމެ ޒޯނެއްގައި ހަތަރު ޑިވިޝަން އޮންނާނެއެވެ. މާލޭ ޒޯންގައި ލީގުގައި އަށް ޓީމު ވާދަކުރާނެއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ ހަތަރު ޒޯނުގެ ޗެމްޕިއަން ޓީމުތަކާ އެކު ޖުމްލަ 12 ޓީމެވެ. ޒޯން ހަތަރެއް ނުވަތަ ގްރޭޓާ މާލެ އޭރިއާ އިން 2022 ގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަން ޓީމު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ފަހަރަށް ކުޅޭ ލީގަށް ކޮލިފައި ވާނެއެވެ.

ޒޯން ތަކުގައި ހިމެނޭ ޑިވިޝަންތަކަކީ، އޯޕަން ޑިވިޝަން، ތިން ވަނަ ޑިވިޝަން، ދެ ވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަންއެވެ.

މީގެ ތެރެއިން، އޯޕަން ޑިވިޝަން ކުޅޭނީ ޒޯންގެ ޓީމުތަކުގެ މެދުގައި ގުރޫޕްތަކަށް ބަހާލައިގެންނެވެ. އެ ގުރޫޕެއްގެ މެޗުތައް އޮންނާނީ އެ ގުރޫޕެއް ހިމެނޭ ކޮންމެވެސް އެއް ރަށެއްގައި ސެންޓްރަލައިޒް އުސޫލުންނެވެ.

އެ ގުރޫޕެއްގެ މެޗުތައް ކުޅޭނެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުން ހުޅުވާލާ ބިޑިން މަރުހާލާގެ ތެރެއިންނެވެ. ގުރޫޕްތައް ބަހާނީ ކައިރި ކައިރީގައި ހުންނަ ރަށްތަކުގެ ޓީމުތައް އެއް ގުރޫޕެއްގައި ހިމެނޭ ގޮތަށެވެ.

މިވެސް ކިޔާލާ:

އޯޕަން ޑިވިޝަން ކާމިޔާބު ކުރާ ޓީމުތައް ކޮލިފައި ވާނީ އެ ޒޯނެއްގެ ތިން ވަނަ ޑިވިޝަނަށެވެ.

ތިންވަނަ ޑިވިޝަން ކުޅޭނީ ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. ހަ ގުރޫޕުން ގަދަ 18 ޓީމު ކޮލިފައި ވާނީ ދެ ވަނަ ޑިވިޝަނަށެވެ. ތިން ވަނަ ޑިވިޝަންގައި ވެސް ގުރޫޕް ބަހާނީ ކައިރި ކައިރީގައި ހުންނަ ރަށްތަކުގެ ޓީމުތައް އެއް ގުރޫޕަކަށް ބަހާލައިގެންނެވެ. އެ ޑިވިޝަންގައި ކޮންމެ ގުރޫޕެއްގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒް އުސޫލުންނެވެ. އެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުން ހުޅުވާލާ ބިޑިން މަރުހާލާ ތެރެއިންނެވެ.

ގްރޭޓާ މާލޭގެ ޒޯން ފިޔަވައި ކޮންމެ ޒޯނަކުން، ދެ ވަނަ ޑިވިޝަންގައި ހިމެނޭނީ 18 ޓީމެވެ. އެއީ ތިން ވަނަ ޑިވިޝަނުން ޕްރޮމޯޓްވި 18 ޓީމެވެ. އެ 18 ޓީމުގެ ތެރެއިން އެންމެ ގަދަ އަށް ޓީމު ކޮލިފައި ވާނީ ފުރަތަމަ ޑިވިޝަނަށެވެ. ދެ ވަނަ ޑިވިޝންގެ ގުރޫޕްތައް ބެހުމުގައި ކައިރިކައިރީގައި ހުރި ރަށްތަަކަކަށް ނުބާލާނެއެވެ.

އެ ޑިވިޝަންގެ ގުރޫޕްތައް ބާހަނީ ގުރު ނަގައިގެންނެވެ. އެ ޑިވިޝަންގެ ކޮންމެ ގުރޫޕެއްގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒް އުސޫލުންނެވެ.

އަދި ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އަށް ޓީމުގެ މެދުގައި ކުޅުމަށް ފަހު އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމު 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެއެވެ. އެ ޑިވިޝަންގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒްކޮށެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.