ADS BY ADS BY QIBLA HAJJ & UMRAH

އެންވެރިކަމަށް ފިޔަަވައި ދާާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރަނީ

- 4 weeks ago 0 - ރިމާހް އިސާ

އެންވެރިކަަމަށް ބޭނުންވާ މަސް ނެގުމަށް ފިޔަވައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރާ ގާނޫނެއް މަޖިލީހަށް ވައްދައިފިއެވެ.

ADS BY ADS BY KALIMERA

ބަދަލުތަކަކާއި އެކު ސަރުކާރުން ހުށައެޅި މަސްވެރިކަމާއި ބެހޭ ބިލްގައިވާ ގޮތުގައި އެންވެެރިކަމުގެ ބޭނުމަށް ފިޔަވައި ދާ ޖަހައިގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެެވެ. އަދި ދަގަނޑު ޖަހައިގެން މަސް ހިފުން މަނާކުރުމަށްވެސް މި ބިލްގައި ވަނީ ހިމަނާފައެވެ.

މި ބިލްގައި ވަނީ އޮފްޝޯ ފިޝިންގ ޕްލެޓްފޯމްތައް ގާއިމްކުރުމުގެ ވާހަކަވެސް ހިމަނައި، އެކަން ކުރުމުގެ ފުރުސަތު ދިނުމަށް ހިމަނާފައެވެ.

އެ ބިލްގައި ބުނެފައިވަނީ، އޯފްޝޯ ޕްލެޓް ފޯމްތައް ގާއިމް ކުރުމުގެ ފުރުސަތު ދޭނެ ގޮތް ކަނޑައަޅާނީ ސަރުކާރުން ހަދާ ޤަވާއިދެއްގެ ދަށުން ކަމަށެވެ.

މީގެ އިތުރުން މި ބިލްގައި ފުލުހުންނާއި ސިފައިންނަށްވެސް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ތަންފީޒީ އޮފިސަރަށް ކޯޓު އަމުރަކާ ނުލައި މަސްދޯނިފަހަރަށާއި މަސް ފެކްޓްރީތަކަށާއި އައިސް ޕްލާންޓްތައް ފަދަ ތަންތަނަށް ވަދެ ބަލައިފާސްކުރުމުގެ ބާރު ވަނީ ދީފައެވެ.

0%

0%

0%

ADS BY ADS BY DHIRAAGU
0 ކޮމެންޓް

ހަބަރު