އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި

19 Aug 2019 | 15:34

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު މަޖިލީހަށް ބަަލައިގަތުމަށް ފާސްކޮށްފައިވަނީ 65 މެމްބަރުންގެ ވޯޓާއެކުއެވެ.

މިހާރު އެންސްޕާ ހިންގަމުންދަނީ ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.

އެންސްޕާގެ ކަންކަން ހިންގުމަށްޓަކައި ސީއީއޯއެއް ކަނޑައަޅުއްވާފައި ހުރެއެވެ. އެއީ ހެލްތު މިނިސްޓަރގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަރާތެކެވެ.

މި ބިލު މަޖިލީހުން ބަލައިގަތުމާއެކު މިހާރު ބިލު ދިރާސާކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement

ކޮމެންޓް