މަސައްކަތުގެ މާހައުލަށް އެންމެ ރައްޓެހީ އެމްޕީޓީގެ އާލާތްތައް

19 Aug 2019 | 20:20

އެންމެ އިތުބާރުހިފޭ ފެންވަރު ރަނގަޅު އާލާތްތައް ބޭނުންކުރާ ދާއިރާއަކީ ކޮންސްޓަރަކްޝަން މަސައްކަތާއި ވަޑާމުގެ މަސައްކަތުގެ ދާއިރާއެވެ. ނަމަވެސް ތަކެތީގެ އަގު ބަޑުވެގެންދާތީ ގިނަފަހަރު ޖެހެނީ އެންމެ އަގު ހެޔޮ އަދި ފެންވަރުގެ ގޮތުން ބަލާނަމަ އެންމެ ދަށް އާލާތްތައް މަސައްކަތުގެ މާހައުލުގައި ބޭނުންކުރާށެވެ. މީގެ ސަބަބުން، ކުރާ މަސައްކަތްތަކަށް ބުރޫ އަރައި ފޫނުބެދޭފަދަ އެތައް ގެއްލުމަކާއި ކުރިމަތިލާންޖެހިދެއެވެ.

އެއްވެސް ވަރަކަށް އެންމެ ފެންވަރު ރަނގަޅު އާލާތްތައް އަގުހެޔޮކޮށް ލިބޭނެ ކަމަށް އުންމީދުކުރިންތަ؟ މިފަހަރު ތިބޭފުޅުންގެ ހުވަފެން މިވަނީ އެމްޕީޓީގެ އާލާތްތަކާއި އެކު ހަގީގަތަކަވެފައެވެ. އޮސްޓްރޭލިއާ، މެލޭޝިއާ، ދުބާއީ އަދި ޑެންމާކުގެ އިތުރުން 80 ގައުމެއްގައި ބޭނުންކުރަމުން އަންނަ ޗައިނާގެ އެމްޕީޓީ ބްރޭންޑް މިވަނީ ރާއްޖެއަށްވެސް ތައާރަފްކުރެވިފައެވެ. އެމްޕީޓީގެ އާލާތްތައް ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރަނީ ބެސްޓް ބަޑީ އިންނެވެ. ބެސްޓް ބަޑީ އަކީ ރަށުޕިކަޕާ ބެޓެރި ބައިސްކަލާ ސައިކަލް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އެތެރެކޮށް ވިއްކާ ބައެކެވެ.

އެމްޕީޓީ ބްރޭންޑްގެ ބައެއް އާލާތްތަކުގެ ތެރޭގައި ޕަވަރ ޓޫލްސް، ބެންޗް ޓޫލްސް، އެއަރ ޓޫލްސް، އިންވާޓަރ ވެލްޑިންގް މެޝިންސް އަދި ހޭންޑް ޓޫލްސް ހިމެނެއެވެ. އެމްޕީޓީގެ ފޭސްބުކް ޕޭޖުން ބޭނުންފުޅުވާ ހުރިހާ މައުލޫމާތެއް ލިބިގެންދާނެއެވެ.

އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން ބެސްޓްބަޑީގެ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮޑަކްޓަށް ރާއްޖޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ގިނަބޭފުޅުންގެ ސަމާލުކަން ކުރު މުއްދަތެއް ތެރޭގައި ލިބިފައިވާކަމެވެ. ރާއްޖޭގެ ބާޒާރުގައި މިވަގުތު ލިބެންހުރި އާލާތްތަކާ އަޅާ ބަލާއިރު، އެމްޕީޓީގެ އާލާތްތަކަކީ އަގުހެޔޮ އަދި ފެންވަރު ރަނގަޅު ތަކެތިކަންވެސް އޮފިޝަލްވަނީ ފާހަގަކޮށްފައެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށާއި މެދުފަންތީގެ ވިޔަފާރިކުރައްވާ ބޭފުޅުންނަށް ލިބިގެންދާނެ މީރަނުގެ ފުރުސަތެއްކަންވެސް އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ.

ބެސްޓްބަޑީއިން ބުނީ، އެމްޕީޓީގެ ޕްރޮޑަކްޓްތައް ހޯލްސޭލްކުރަން ބޭނުންވާ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. މި ޕްރޮޑަކްޓް މާލެއިން ލިބެން ހުންނާނީ ބެސްޓްބަޑީ 2 އަދި ކުޅުދުއްފުށިން ލިބެން ހުންނާނީ ބެސްޓް ސާރކަލް އިންނެވެ. 9963915 އަށް ގުޅާލުމުން މި ޕްރޮޑަކްޓާއިގުޅޭ އިތުމައުލޫމާތު ލިބިގެންދާނެއެވެ.  

Advertisement

ކޮމެންޓް