މި އަހަރުގެ މިހާތަނަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp

މި އަހަރުގެ މިހާތަނަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާަރަތްކުރީ 55,055 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 36,003 ފަތުރުވެރިންނެވެ.

މިވެސް ކިޔާލާ:

މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންކަމަށްވާއިރު ލިސްޓުގެ ދެވަނައަށް އޮތީ އިޓަލީއެވެ. ލިސްޓުގެ ތިންވަަނައަށް އޮތީ ޔޫކޭއެވެ. ލިސްޓުގެ ހަތަރުވަނައިގައި އޮތީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއެވެ.

މި އަހަރު ރަޝިޔާއިން 11,007 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު, އިޓަލީން ޒިޔާރަތްކުރީ 4313 ފަތުރުވެރިންނެވެ. ޔޫކޭއިން 3085 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު, އިންޑިއާއިން ޒިޔާރަތްކުރީ 3075
ފަތުރުވެރިންނެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.