ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު ދަރިވަރުން ސުކޫލަށް ދާންޖެހޭނީ ދެ ދުވަހު

Share on facebook
Share on twitter
Share on telegram
Share on whatsapp

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން އަންގަމުންދާ ކަމަށެވެ. އެ ގޮތުން 2022-2021 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު މާލޭގެ ސުކޫލުތަކުގައި ފުރަތަމަ ހަފުުތާަގައި ކިޔަވައިދިނުން ކުރިއަށް ގެންދާނީ ބައެއް ފިޔަވަޅުތަކާ އެކީގައި ކަމަށެވެ.

އެ ގޮތުން ސްކޫލުގެ ހުރިހާ ހަރަކާތްތަކެއްގައި ގައިދުރުކަން ބެހެއްޓުމަށާއި, މާސްކް ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލުގައި ނުހިންގުމަށާއި, ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ބެލުމާއި, ސެނެޓައިޒް ކުރުމާއި, އަތްދޮވުން ހިމެނެއެވެ.

މިވެސް ކިޔާލާ:

އޭގެ އިތުރުން ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި, ކްލާސް ރޫމުގައި ދަރިވަރުން ތިބޭއިރު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުން ހިމެނެއެވެ.

ހަމައެހެންމެ ގްރޭޑް 01 އިން 08 ގެ ދަރިވަރުން ފުރަތަމަ ހަފުތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާގޮތަށް ޓައިމްޓޭބަލް ރޭވުމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

28%71%0%

ހިޔާލު ދެއްވާ!

Your email address will not be published.