ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް ރައީސް ޔާމިން ގޮވާލައްވައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އިސް ލީޑަރު އަދި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ގޮވާލައްވައިފިއެވެ.

ރައީސް ޔާމިން މި ގޮތަށް ގޮވައިލީ ށ.ފުނަދޫ ރައްޔިތުން އިންތިޒާމުކުރި އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގެން މިއަދު ހަވީރު ދެއްކެވި ވާހަކަފުޅުގައެވެ.

ފުނަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވިއެވެ. އެ ގޮތުން ރައީސް ޔާމިން ވިދާޅުވީ މި ހަރަކާތްތަކުގެ ފޮޓޯތައް ބޭރު ދުނިޔެއަށް ވެސް ފެންނަން ޖެހޭ ކަމަށެވެ.

ހަމައެހެންމެ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅު ހެދުމުގެ ގޮތުން ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް ވެސް އެ މަނިިކުފާނު ގޮވައިލެއްވިއެވެ.

ރައީސް ޔާމިން ވިދާޅުވީ ދިވެހިންނަށް ދަތިވަނީ ހަމައެކަނި އިންޑިއާ ސިފައިން ތިބުމުން ނޫން ކަމަށެވެ. ހަމައެހެންމެ އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހޭ ކަމަށާއި, އެ ގޮތުން ރައްޔިތުންނަށް ދަތިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ގޮތުން އެ މަނިކުފާނުގެ ޒަޢާމަތުގައި 2018 ވަނަ އަހަރު ފެބްރުއަރީ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން ނެރުނު އަމުރެއްކަން ފާހަގަކުރެއްވިއެވެ.

20%20%60%

ހިޔާލު ދެއްވާ!

Your email address will not be published.