ސަރުކާރުން ވަނީ ހުރިހާ މުއައްސަސާތައް ޕެރަލައިޒްކޮށްލައިފަ: ރައީސް ޔާމިން

Share on facebook
Share on twitter
Share on telegram
Share on whatsapp

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހުރިހާ މުއައްސަސާތަކެއް ބާރު ކަނޑުވައިލައި, ހުރިހާ މުއައްސަސާތައް "ޕެރަލައިޒްކޮށްލައިފައި" ވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އިސް ލީޑަރު އަދި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ށ.ފުނަދޫ ރައްޔިތުން އިންތިޒާމުކުރި އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގެން މިއަދު ހަވީރު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމިން ވިދާޅުވީ ރާއްޖެ މި ހާލަތުގަ މި އޮތީ ބަލިމަޑުކަމެއް އައިސްގެން ނޫން ކަމަށާއި, ތަދުމަޑުކަމެއް އައިސްގެން ވެސް ނޫން ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ އެއްގޮތަކަށް ވެސް މި އުޅެނީ ކޮވިޑުގެ ނުރައްކަލުން އަރައިނުގަނެވިގެން ނޫން ކަމަށާއި, ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުން ބަރާބަރަށް ކުރާ ކަމަށެވެ.

މިވެސް ކިޔާލާ:

"އެއްގޮތަކަށް ވެސް މި އުޅެނީ ކޮވިޑުގެ ނުރައްކަލުން އަރައިނުގަނެވިގެން ނޫން. ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުން ބަރާބަރަށްކުރޭ. ދޭންޖެހޭ ހުރިހާ ފައިސާއެއް ރަހްމަތްތެރިންނަށް ބަހާ އެ ނަގަނީ. ހުރިހާ މުއައްސަސާތަކެއް އެހެރީ ބާރު ކަނޑުވައިލާފަ. ހުރިހާ މުއައްސަސާތައް މިހުރީ ޕެރަލައިޒްކޮށްލާފަ. ވާކޮށްލާފަ. އެއްވެސް މުއައްސަސާއަކަށް މި ސަރުކާރު ޤާނޫނާއި ޚިލާފަށްކުރާކަމެއް ބެލިޔަކަ ނުދޭ. ކޯޓުތަކަށް އަތް ބާނަނީ އެކަންޏެއް ނޫން. ކޯޓުތަކަށް އަތާ ފަޔާއި ދެން ވެސް އޮތް އެއްޗެއް ބާނަނީ. މި ހާލުގަ ދިވެހި ސަރުކާރު މި އޮތީ."

ރައީސް ޔާމިން ވިދާޅުވީ ދިވެހި ރައްޔިތުން އެދޭ ގޮތަކީ އެއީއެއް ނޫން ކަމަށެވެ. އަދި މީ "އަނެއް ދިވެހިރާއްޖެ" ނޫން ކަމަށާއި, "އަޅުގަނޑުމެން ބޭނުމީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވަނީ އެމްޑީޕީގެ ވެރިން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމު ނުކުރާކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި ޤައުމު އޮތީ އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައިކަމަށް ވެސް ވިދާޅުވިއެވެ.

60%20%20%

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިކކަހަލަ ވާހަކަދައްކަން ޔާމީނަށްވުރެ އައުލާކަން ބޮޑު މީހަކު މި އުޑުދަށުގަ ނުހުންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published.