އިންތިހާބަށް 21 ދުވަސް: ދެކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަަށައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ށ.ކޮމަންޑުއާއި އެ ރަށާއި އެއް ފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަަށައިފިއެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 12 ގައެވެ.

ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ފެށުމާއި, ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢު އިފްތިތާހު ކުރުމުގެ
ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފައެވެ. މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލާއި, ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

މިވެސް ކިޔާލާ:

މި މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑުއާއި, މަތިކޮމަންޑޫ ގުޅުވައިލާނެއެވެ. ހަމައެެހެންމެ 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެއެވެ.

249 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ 730 ދުވަހުގެތެރޭ ނިންމާ ގޮތަށެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.