އިންތިހާބަށް 21 ދުވަސް: ކޮމަންޑޫ ފުޓްބޯޅަދަނޑު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ކޮމަންޑޫގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢު އިފްތިތާހުކުރީ މިއަދު ހަވީރުގައެވެ. މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފެވެ.

މި މަޝްރޫޢުގައި ހިމެނެނީ ކޮމަންޑޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާފް އެޅުމުގެ މަސައްކަތެވެ. މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މުޖުތަމަޢުގެ ކަންކަމަށް ހިއްސާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ސަގާފަތުގައި ހިމެނޭކަމެއް ކަމަށާއި, ކުންފުނީގެ ހަޔާތުގައި ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާނެ ކަމަށެވެ.

މިވެސް ކިޔާލާ:

ހަމައެހެންމެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން މި މަޝްރޫޢު ވެސް ކާމިޔާބުކަމާއެކު ނިންމާލައި, ވީހާވެސް އަވަހަށް ސަރުކާރާއި ހަވާލުކުރުން ކަމަށެވެ.

ކޮމަންޑޫ ރައްޔިތުން ފުޓުބޯޅަ ކުޅުމުން މަހުރޫމްވެފައިވާތާ 30 އަހަރުވެއްޖެ ކަމަށާއި, އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފުޓްބޯޅަ ދަނޑު ގާއިމުކޮށްދިނުމަށް ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް އިއުލާނުކުރެއްވީ މި މަހުގެ 06 ވަނަ ދުވަހުގައެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެށެން ގާތްވެފައި ވަނިކޮށް މި މަސައްކަތް ކުރަމުންދާތީ ސަރުކާރަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

0%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިފަހަރު ކިތައްމެ މަސައްކަތެއް ކުރިޔަސް
    އެމްޑީޕީ އަތުން ކޮމަންޑޫދާއިރާގެ ގޮޑިގެއްލޭނެ

  2. އަހަރުން ގޮވާލަން އަހަރުންގެ ރަށު ގޮނޑިވެސް އިސްތިއުފާ ދޭން. އޭރުން ދެން އެތަނަށް ބައި އިލެކްޝަންގެ ކުރިން ލައްކަ ކަން ކޮއްދޭނެ ނު

ހިޔާލު ދެއްވާ!

Your email address will not be published.