މީރާގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅި ބިލު ބަލައިގެންފި

21 Aug 2019 | 05:33

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅި ބިލު ރައްޔިތުން މަޖިލީހުން ބަލައިގެންފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބ ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑު މެންބަރަކު މަގާމްގެ މައްސޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވި ކަމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފެނިއްޖެ ނަމަ އެ މެންބަރެއްގެ މައްސަލަ ބަލައި ވަކި ކުރުމުގެ ބާރު ސީދާ މަޖިލީހަށް އޮންނާނެ އެވެ. އަދި މީރާގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް ހަދައި އެ މެންބަރުންގެ ދައުރު ފަސް އަހަރަށް ހެދުން ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން ޓެކްސްއާ ގުޅޭ މައްސަލައެއް އިސްތިއުފާން ކުރަން ބޭނުން ނަމަ 30 ޕަސަންޓު ދެއްކުމަށް ފަހު އިސްތިއުނާފަށް ހުށަހެޅޭ ގޮތަށް ވެސް އެގާނޫނަށް ހުށަހެޅި އިސްލާހުގައި ވެއެވެ.

މި ބިލުގައި މީރާގެ ބޯޑަށް ބަދަލުތައް ގެނައުމަށް ހުށަހަޅާފައިވާ އިރު، ބޯޑުގެ ހަތް މެންބަރުންގެ ތެރޭގައި ހިމެނޭނީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންނާއި ދައުލަތުގެ މާލިއްޔަތު ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާގައި، ޓެކުހުގެ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައި ހުންނަވާ ބޭފުޅެއް ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement